އޭދަފުށީގެ ކަރަންޓު ވިއުގަ ޒަމާނީ ފެންވަރަށް ތަރައްގީކުރަން ހަވާލުކޮށްފި

ބ. އޭދަފުށި ހިމެނޭހެން ރާއްޖޭގެ 19 ރަށެއްގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ވޯލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑާ)ގެ 6.2 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކުން ލިބިފައިވާ 20 މިލިއަން ޑޮލަރުގެ ލޯން އެހީގައި މި މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ޅ. ހިންނަވަރާއި، ހދ. ކުޅުދުއްފުއްޓައެކު އޭދަފުށި ހިމެނެނީ މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ރަށްތަކުގެ ތެރޭގަ އެވެ.

ފުރަތަމަ ފިޔަވަހީގައި އަށް ރަށް ހިމެނެ އެވެ. އެއީ؛ ސ. ފޭދޫ، މަރަދޫ ފޭދޫ، މަރަދޫ، ހިތަދޫ، ހުޅުދޫ، މީދޫ، ފުވައްމުލައް އަދި ގދ. ތިނަދޫ އެވެ.

ތިވަން ފިޔަވަހީގައި ހިމެނެނީ، ލ. ފޮނަދޫ، ލ. އިސްދޫ، ލ. ކަލައިދޫ، ލ. ދަނބިދޫ، ލ. މާބައިދޫ، ލ. ކުނަހަންދޫ، ލ. ހިތަދޫ އަދި ށ. ފުނަދޫ އެވެ.

ހަކަތަ އާއި ބެހޭ މިނިސްޓްރީން ބުނީ މި މަސައްކަތަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު އިތުރުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް މަގުފަހިކޮށްދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

އަދި އެ މަޝްރޫއިން ރާއްޖޭގެ އެކި ރަށްތަކުގައި އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކޮށް މި ނިޒާމުތަކަށް ބޭނުންވާ ސްޓޯރޭޖްއަށް ގާތްގަނޑަކަށް 40 މެގަވޮޓް އަވަގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމަށް ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

 އަދި ކަރަންޓް ވިއުގަ އަޕްގްރޭޑްކޮށް ނިމުމުން ފައިބާ އޮޕްޓިކް ކޮމިއުނިކޭޝަން ވިއުގަ އާއި ނެޓްވޯކް އޮޓޮމޭޓެޑް ކުރުމުގެ ސަބަބުން އިންޖީނުގޭގެ އޮޕަރޭޓިންގް ސްޓޭޓަސް ވަގުތުން ބަލާލެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުނ ނެޓްވޯކް އޮޓަމޭޓްކުރެވުމުން ހައިބްރިޑް ކަރަންޓު ނިޒާމު އެދެވޭ ގޮތަށް މަސައްކަތް ކުރެވޭނެ ކަމަށާއި ދިމާވާ ކުދިކުދި ޓެކްނިކަލް މައްސަލަތައް ވަގުތުން ހައްލުކުރެވި ކަރަންޓުކެނޑޭ ހާލަތްތަކުން ސަލާމަތްވުމަށް މަގުފަހިވާނެ ކަމަށް ވެސް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.