ޗެމްޕިއަން ފޭދޫ ބަލިކޮށް އޭދަފުށި ފައިނަލަށް

ސެމީ ފައިނަލުގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު އޭދަފުއްޓާއި އެންމެ ފަހުގެ ޗެންޕިއަން ފެދޫ ކުޅެނީ  | ފޮޓޯ:ސައްޖަ
ސެމީ ފައިނަލުގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު އޭދަފުއްޓާއި އެންމެ ފަހުގެ ޗެންޕިއަން ފެދޫ ކުޅެނީ | ފޮޓޯ:ސައްޖަ

މިނިވަން ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ސ. ފޭދޫ ބަލިކޮށް އޭދަފުށި ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފިއެވެ. މިއަދު ހަވީރު ކުޑަހުވަދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ނިމުނު އިރު އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވުމުން ޕެނަލްޓީގައި އޭދަފުށި ކުރި ހޯދީ 3-2 އިންނެވެ.

ފޭދޫ ޓީމުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ އޭދަފުށީގެ ހުށިޔާރު ކީޕަރު އަބްދުﷲ ޒިޔަޒަން ވަނީ މަތަކޮށްފައެވެ. އޭދަފުށިން ޖެހި 4 ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ވަނީ ކާމިޔާބު ކޮށްފައެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދި ފޭދޫ ޓީމަކީ މިއަހަރުގެ މުބާރާތަށްވެސް އެންމެ ރަގަޅަށް ތައްޔާރުވި އެއްޓީމެވެ.

މިމެޗުގައި ގޯލް ޖަހާނެ ފުރުސަތުތައް ދެޓީމަށްވެސް ލިބި ވަނީ ބޭކާރުވެފައެވެ. ރާއްޖޭން ބޭރު ކުޅުންތެރިންވެސް ހިމެނޭ ފޭދޫ ޓީމު ހުއްޓުވުމުގައި އޭދަފުށިން މިއަދު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިއަދުގެ މެޗަށް އޭދަފުށިން ނިކުތީ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުލައެވެ.

މި މޮޅާއެކު ފައިނަލުގައި އޭދަފުށި ވާދަކުރަންޖެހޭނީ މާދަމާ ތިމަރަފުއްޓާއި ކުޑަހުވަދޫ ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ. އެ މެޗު ކުޅޭނީ މާދަމާ ހަވީރު ތިމަރަފުށީ ފުޓްބޯޅަ ދަނޑުގައެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 12 ވާ ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައެވެ.

އޭދަފުށީ ފުޓްބޯޅަ ޓީމުން މި ހޯދި ކާމިޔާބީއަށް “އީޓީ” ގެ ފަރާތުން މަރުހަބާ ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.