އާޔަތު، ހިތާދޫ ދާއިރާ އަށް ވާދަކުރައްވަނީ

އާޔަތުﷲ ހުސައިން (އާޔަތު)

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ދާއިރާގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އާޔަތުﷲ ހުސައިން (އާޔަތު) ހިތާދޫ ދާއިރާއަށް އަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

އެކަން އިއުލާން ކުރައްވައި އާޔަތުﷲ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީއަށް ދާއިރާގެ މަޖިލިސް ގޮނޑިއެއް ކާމިޔާބު ކުރުމުގެ އަޒުގައި، މާޅޮސް، ހިތާދޫ، ދަރަވަންދޫ ހިމެނޭ ހިތާދޫ ދާއިރާ އަށް ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

އެހެންވެ އެމްޑީޕީގެ ޕްރައިމަރީގައި ދާއިރާގެ މީހުންގެ ތާއީދާއި އެއްބާރުލުން ދޭން އެދިވަޑައިގަންނަވާ ކަމަށް އާޔަތުﷲ ވިދާޅުވި އެވެ.

މެލޭޝިޔާއިން އިންޖިނިއަރިން ޑިގްރީ ހެއްދެވުމަށްފަހު، އަމިއްލަ ވިޔަފާރި ކުރައްވަމުން، އެމްޑީޕީއަށް ޚިދުމަތް ކުރައްވަން ފެއްޓެވި އާޔަތުﷲ ހުސައިނަކީ ދާއިރާގެ އެންމެންނާ ގުޅޭ އެންމެންގެ ވެސް އެކުވެރިއެކެވެ.

އާޔަތު އަކީ މިދިޔަ 15 އަހަރު، އުފަލާއި ޝަރަފާއެކު އެމްޑީޕީއާގައި ދެގޮތެއްނުވެ، ސިޔާސީ މަސައްކަތްގައި އަމަލީގޮތުން މައިދާނުގައި ހުންނަވާ އަދި މާލީ އެހީތެރިކަން ދެއްވަމުން އެމްޑީޕީގައި ގާއިމުވެ ހުންނެވި ހުލްގުހެޔޮ ތެދުވެރި މެންބަރެކެވެ.

ދާއިރާގެ ގޮނޑިއެއް އެމްޑީޕީއަށް ކާމިޔާބު ކުރުމަކީ އާޔަތުގެ އަޒުމާއި އުއްމީދެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.