ބ. އަތޮޅު ކައުންސިލަށް ގަދަހަމާންތި ދަރަޖަ

މިދިޔަ 2022 ވަނަ އަހަރުގެ ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްގެ ނަތީޖާތަކަށް ބަލައި އެންމެ ރަނގަޅު ކައުންސިލްތައް ހޮވައި “ކަންގަތި” އެވޯޑު ދީފި އެވެ.

މި އެވޯޑަކީ ކައުންސިލްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން ދޭ އެވޯޑެކެވެ. ނަތީޖާ އިއުލާންކޮށްފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އަގު ވަޒަންކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި “ކަންގަތި އެވޯޑް” ހަފުލާގައެވެ.

ކަންގަތި އެވޯޑް ދެނީ ކައުންސިލްތަކުގެ މަސައްކަތްތަކާ ބެހޭގޮތުން ކައުންސިލްތަކުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށެވެ. މި އެވޯޑް ދިނުމަށް ކައުންސިލްތައް ހަތަރު ބަޔަކަށް ރޭންކް ކޮށްފައިވެ އެވެ. އެއީ އަތޮޅު ކައުންސިލްތަކުގެ ނަތީޖާތަކަށް ބަލައި ދެވޭ ގަދަހަމާންތި ދަރަޖަ އާއި ރަށު ކައުންސިލްތަކުގެ ނަތީޖާތަކަށް ބަލައި ދެވޭ ރަނަހަމާންތި ދަރަޖަ އާއި ސަބް އިންޑެކްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ރަށް އަދި އަތޮޅު ކައުންސިލަށްދޭ މާރަދަ ހަނދާނީ ފިލާގެ އިތުރުން ފާއިތުވެދިޔަ އަހަރުގެ ނަތީޖާއާ އަޅާ ބަލާއިރު، އެންމެ ބޮޑު ކުރިއެރުން ހޯދި އަތޮޅު އަދި ރަށު ކައުންސިލަށްދޭ ކާންނަ ހަނދާނީ ފިލާ އެވެ.

އެގޮތުން ބ. އަތޮޅު ކައުންސިލުން ވަނީ 2022 ވަނަ އަހަރުގެ ލޯކަލް ކައުންސިލް ޕާފޯމެންސް އިންޑެކްސްގެ ގަދަހަމާންތި ދަރަޖައިގެ ދެވަނަ ދަރަޖަ ހާސިލުކޮށްފައެވެ.  ތިންވަނަ ދަރަޖަ ފ. އަތޮޅު ކައުންސިލުން ހާސިލު ކޮށްފައިވާއިރު އެއް ވަނަ ދަރަޖަ ހާސިލު ކޮށްފައިވަނީ ލ. އަތޮޅު ކައުންސިލުންނެވެ.

މީގެ އިތުރުން ބ. އަތޮޅު ކައުންސިލުން ވަނީ 2021 ވަނަ އަހަރުގެ އިންޑެކްސްއާ އަޅާބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދައިގެން އެއްވަނަ ހާސިލުކޮށް ކާންނާ ހަނދާނީފިލާ ހޯދާފައެވެ.

ލޯކްލަ ގަވަރމަންޓް އޮތޯރިޓީން އިންތިޒާމުކޮށް ރޭ ބޭއްވި ކަންގަތި އެވޯޑް 2023 ގެ ޙަފުލާގައި ވަނީ “ލޯކަލް ކައުންސިލުތަކުގެ ރޭންކިންގ 2021އިން 2022” ފޮތް އިފްތިތާޙް ކޮށްދެއްވާފައެވެ. މި ފޮތް ނެރެދެއްވީ ރައީސޫލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ހުސައިން މޫސަަ

    1 ވަނަ ލިބިފައިވަނީ ފ. އަތޮޅަށް. 3 ވަނަ ލިބިފައިވަނީ ލ އަތޮޅަށް. ޚަބަރުގައި ލިޔުއްވާފައިވަނީ އިދިކޮޅަަށްކަން ފާހަގަ ކުރެވޭ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.