އުރީދޫ ފަން ރަން މިއުޒިކް ފެސްޓިވަލް ހުކުރު ދުވަހުގެ ރޭ

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މާދަމާ ރޭ ބާއްވާ އުރީދޫ ފަން ރަން މިއުޒިކް ފެސްޓިވަލް އިން ރާއްޖޭގެ މަގުބޫލު ފަންނާނުން ފެނިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އުރީދޫން ބުނި ގޮތުގައި މާދަމާ ރޭ 8:00 ގައި ފަށާ އުރީދޫ ފަން ރަން މިއުޒިކް ފެސްޓިވަލް އިން ކުންފުނީގެ ބްރޭންޑް އެމްބެސަޑަރު ހަބޭސް ބޮޑުބެރު އަދި ޑިޓިއުން ގެ އިތުރުން މީރާ، ޓްރެފިކް ޖޭމް، ޒަކިއްޓެ އަދި ޑީޖޭ ދީދު ފެނިގެންދާނެ އެވެ.

އުރީދޫ މިއުޒިކް ފެސްޓިވަލަކީ ކޮންމެ އަހަރަކު ވެސް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ އުފާވެރި ދުވުން — އުރީދޫ ފަން ރަން ނިންމާލުމަށް ފަހު އޮންނަ މިއުޒިކް ފެސްޓިވަލް އެކެވެ.

ކޮންމެ އަހަރަކު ވެސް މަގުބޫލު ފަންނާނުން ފެނިގެންދާ މި މިއުޒިކް ފެސްޓިވަލް އަކީ ގިނަ އަދަދެއްގެ ޒުވާނުން އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކުރާ ހަރަކާތެކެވެ.

އުރީދޫ ޑްރޯން ރޭސްގެ ހަރަކާތްތައް މާދަމާ ހެނދުނު 8:30 ގައި ފެށިގެންދާއިރު ފަން ރަންގެ ހަރަކާތްތައް 3:30 ގައި ފެށޭނެ އެވެ.

އުރީދޫން ވަނީ ފަން ރަން 2023ގެ ހަރަކާތްތަކުގައި ބައިވެރިވެ އަދި ކުޅިވަރު ބަލާލުމަށް ދައުވަތު އެ ކުންފުނިން ވަނީ އަރުވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.