އުރީދޫ ފަން ރަން 6000 އަށްވުރެ ގިނަ ބައިވެރިންނާއެކު ނިންމާލައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އުފާވެރި ދުވުން – އުރީދޫ ފަން ރަން 2023 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އުރީދޫން ބުނީ އިއްޔެ ބޭއްވި އެ ދުވުމުގައި 6000 ވުރެ ގިނަ ދުވުންތެރިން ބައިވެރިވެ 5ކޭ ގެ މި އުފާވެރި އަދި އެންމެ ބޮޑު ދުވުމުގެ ދަރަޖަ އިތުރަށް ހަރުދަނާވެގެންދިޔަކަމަށެވެ.

އުރީދޫ ފަން ރަން ކުރިއަށް ދިޔައީ އިއްޔެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުން ފެށިގެންގޮސް ފޭސް 1 އަދި ފޭސް 2 ގެ ހިތްގައިމު މަގުތައް ހިމެނޭ ގޮތަށެވެ. އުރީދޫ ފަން ރަން އަކީ ހުރިހާ އުމުރެއްގެ ދުވުންތެރިން ބައިވެރިވާ ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓު ކުރުމުގެ އިތުރުން މުޖުތަމައު ގެ އެއްބައިވަންތަކަމާއި އަދި އުފާވެރިކަން ފާހަގަކުރާ ދުވުމެކެވެ.

އުރީދޫ ފަން ރަން 2023 ޝަރަފުވެރިކޮށްދެއްވީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގެ ނައިބު، އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފާއި ލާމު އަތޮޅުގެ ކައުންސިލް ރައީސް، އިސްމާއިލް އަލީ އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޙާލިސް އަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ބޯޑް ޑިރެކްޓަރު އަލްއުސްތާޛާ، ދީނާ ހުސައިން އަދި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.

އުރީދޫ ފަން ރަން 2023 އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގެ ނައިބު، އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފު އުރީދޫ ފަން ރަން 2024 ގެ ރީޖަނަލް އެޑިޝަން ލާމު އަތޮޅުގައި އުރީދޫ މޯލްޑިވްސްއިން ބޭއްވުމަށް ހަމަޖެހިފައިވައިކަން އިއުލާނުކުރުން ވެސް އިފްތިތާހުކޮށްދެއްވައިފަ އެވެ.

މި ރަސްމިއްޔާތުގެ ތެރެއިން އުރީދޫ ފަން ރަންގެ ހިތްގައިމު ރޫހު ރަމްޒުކޮށްދޭ ރަމްޒީ ހަނދާނީ ފިލައެއް އ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގެ ނައިބު، އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީ، ލ. އަތޮޅުގެ އިއްޒަތްތެރި ކައުންސިލް ރައީސް އިސްމާއިލް އަލީއަށް އަރުވާފައިވެއެވެ.

އުރީދޫ ފަން ރަން 2023 ގެ ކާމިޔާބީއާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ ފަން ރަން އަކީ ހަމައެކަނި ދުވުމެއް ނޫން. ފަން ރަން އަކީ ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް ބާރު އެޅުމުގެ އިތުރުން ދިވެހި މުޖުތަމައުގެ ރޫހު ދައްކުވައިދޭ އުފާވެރި ހަރަކާތެއް ކަމަށެވެ.

“ބައިވެރިންގެ ފަރާތުން ފެނުނު ހިނިތުންވުމާއި އުފާވެރިކަމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް”.

ދުވުންތެރިން ކޮންމެ ކިލޯމީޓަރެއް ފުރިހަމަކުރަމުން ދިޔައިރު، ފަން ސްޓޭޝަންތަކުން މަރުހަބާ ކިޔައި، ކުލަ އާއި އޮބްސްޓެކަލަސް އަފި މަޖާ ފޯމް ޕާޓީ އެއް ފެނިގެންދިޔައެވެ. މީގެ އިތުރުން މި ދުވުން ނިމުނުއިރު ބައިވެރިން ވަނީ އެޑްވެންޗާ އަޕް ގެ ބުލް ބޭޝް އާއި ގްލެޑިއޭޓާ ޑުއެލްގެ އުފާވެރިކަން ވެސް ފާހަގަކޮށްފަ އެވެ. ސޯޝަލް މީޑިއާޕްލެޓްފޯމްތަކުގައި ބައިވެރިންގެ ދުވުމުގެ އުފާވެރިކަމާ، ފަން ރަން ގެ މެޑަލް ދައްކާލައި، ފޯމާއި ކުލައިން ފުރިފައިވާ އުފާވެރި ފޮޓޯތައްވަނީ ދުވުމުގެ ބައިވެރިން ހިއްސާ ކޮށްފައެވެ.

އުރީދޫ މޯލްޑިވްސްއިން މިހާރުވެސް އަންނަނީ 2024 ވަނަ އަހަރު ބާއްވާ އުރީދޫ ފަން ރަންއަށް ތައްޔާރުވަމުނެވެ. ހުޅުމާލޭގެ އިތުރުން ރީޖަނަލް އުރީދޫ ފަން ރަން 2024 ލާމުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.