“މަދިރިން ރައްކާ”ގެ ގައުމީ ކެމްޕޭނަށް އޭދަފުށިން ފިނި ތަރުހީބެއް

އޭދަފުށި ސާފުކުރުމުގެ ހަރަކާތަށް ފަހު، ބައިވެރިން ފޮޓޯއަކަށް ހުއްޓިލައިގެން

“މަދިރިން ރައްކާ”ގެ ކެމްޕޭން ގެ ދަށުން މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ރަށް ސާފުކުރުމުގެ ހަރަކާތަށް އޭދަފުށިން ލިބުނު ފިނި ތަރުހީބާއެކު ނިންމާލައިފިއެވެ.

މަދިރިން ރައްކާތެރިވުމަށް ބޮޑު ހަރަކާތެއް މިއަދު މި ފެށީ ރާއްޖެއިން ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވާ ފައިލޭރިއާ ޖެހިފައި ތިބި ބަޔަކު މި މަހުގެ 10 ވަނަ ދުވަހު ވަނީ ފެނުމާ ގުޅިގެންނެވެ. މިހާރު ކުރިއަށްގެންދާ ހެލްތު ސްކްރީނިންތަކުން މިހާތަނަށް އިންޑިއާގެ 30 މީހަކާއި ބަންގްލަދޭޝްގެ ދެ މީހަކު ފައިލޭރިއާއަށް ޕޮޒިޓިވްކަން ވަނީ އެނގިފަ އެވެ.

މިހަރަކާތް އޭދަފުށީގައި ކުރިއަށް ގެންދިޔައީ ރަށު ކައުންސިލާއި އަތޮޅު ހޮސްޕިޓަލުން އިސްނަގައިގެން، ސަރުކާރުގެ އޮފީސް /ކުންފުނިތައް ގުޅިގެންނެވެ.

މިހަރަކާތް މިއަދު ކުރިއަށް ގެންދާނެކަމަށާ ވީހާ ގިނަ ބަޔަކު ބައިވެރި ވުމަށްއެދި ރަށު ކައުންސިލުން ވަނީ އާއްމުންނަށް ވެސް އަންގައިފަ އެވެ.

މި ގޮވާލުމަށް އިޖާބަދީ އޮފީސް/ކުންފުނި އަދި އާއްމުންގެ ތެރެއިން ބައިވެރިވެފައިވަނީ ވަރަށް މަދު އަދަދެއްގެ މީހުންނެވެ.

ނަމަވެސް އޭގެ ތެރެއިން ބ. އަތޮޅު ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން މިހަރަކާތުގައި ބައިވެރިވިކަން ފާހަގަކުރެވެ އެވެ.

މަދިރިން ރައްކާ”ގެ ގައުމީ ކެމްޕޭން ރަސްމީކޮށް އިފްތިތާހުކުރުމަށް މިއަދު ހެނދުނު މާލޭގައި ބޭއްވި ހަރަކާތުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ މި ކެމްޕޭން މިއަދު ފެށި ނަމަވެސް ކޮންމެ ދުވަހަކީވެސް މަދިރި ނައްތާލުމަށް މަސައްކަތް ކުރާ ދުވަހަކަށް ހަދަންޖެހޭ ކަމަށެވެ. އާންމު ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ސާފުތާހިރުކަން އިސްކުރުމަށްވެސް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.