ހިސާން މަޖިލީހަށް ވާދަނުކުރައްވަން ނިންމަވައިފި

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން — ފޮޓޯ: މަޖިލިސް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރައްވަން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ނިންމަވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްގެ މަގާމުގައިވެސް ހުންނެވި ހިސާން، މަޖިލީހަށް ވާދަ ނުކުރައްވާނެ ކަން އިއުލާން ކުރެއްވީ އޭނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ހިސާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތުޅާދޫ ދާއިރާ ތަމްސީލް ކުރެއްވުމަށް އޭނާއަށް ދާއިރާގެ ރައްޔިތުން ދިން ފުރުސަތަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އާ އަހަރުގެ ތަހުނިޔާ ދެއްވަމުން ހިސާން ލިޔުއްވާފައިވަނީ އަންނަ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށެވެ.

“ކުރިއަށް އޮތް ތަނުގައި ވެސް އެމްޑީޕީއާ އެކު ހުންނާނެކަމުގެ ޔަގީންކަން އަރުވަމުން، 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ކުރިމަތިނުލާން ނިންމާފައިވާކަމުގައި ދަންނަވަން،” ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ކަމުގައި ވެސް މި ވަގުތު ހުންނެވި ހިސާން ވިދާޅުވިއެވެ.

”އުންމީދަކީ މާތް اللهގެ ވާގިފުޅާއެކު އަބަދުވެސް ރައްޔިތުންނަށް ހިދުމަތްކުރުމުގައި ދެމިހުރުން،”

ހިސާން އެންމެ ގިނަ ދުވަހު ޚިދުމަތްކުރީ ބަންޑާރަނައިބުގެ އޮފީހުގައެވެ. އޭގެ ފަހުން، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ވަނީ ރައީސް އޮފީހުގެ ލީގަލް ސެކެޓަރީކަން ކުރައްވައިފައެވެ. އޭގެ ފަހުން، އުފެދުނު ޕީޕީއެމްގެ ސަރުކާރުގައި ހައްޔަރުކުރި ގިނަ ސިޔާސީ ބޭބޭފުޅުންގެ ވަކީލެއްގެ ހައިސިއްޔަތުން ވެސް މުހިއްމު ގިނަ މައްސަލަތަކެއްގައި އޭނާ ވަނީ ވަކާލާތު ކުރައްވައިފައެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.