އެލައިޑުގެ އެޑިޔުކޭޝަން ފަންޑުގެ އެހީ ބ. އަތޮޅު ތައުލީމީ މަރުކަޒަށް

އެލައިޑް އެޑިޔުކޭޝަން ފަންޑް ޕްރޮޕޯސަލް ކާމިޔާބުކުރި ބ. އަތޮޅު ތައުލީމީ މަރުކަޒަށް ލިޔުން ހަވާލުކުރަނީ

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖުތިމާއީ ޒިންމާ “ޕްރިމިއަމް ފޯ ގުޑް” ގެ ދަށުން ތައާރަފު ކޮށްފައިވާ ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަން ފަންޑަށް ހޮވުނު ފަރާތްތައް އިއުލާނުކޮށްފި އެވެ.

އެލައިޑުގެ އެޑިއުކޭޝަން ފަންޑުން އެހީދެނީ ތައުލީމީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ޕްރޮޖެކްޓުތައް ހިންގުމަށެވެ. އެ ފަންޑުން ސްކޫލްތަކުގެ ލައިބްރަރީ އާއި ޓީޗިން ސްކޫލާއި ލެބޯޓަރީ އާއި ޓީޗާސް ޑިވެލޮޕްމަންޓް ޕްރޮގްރާމް އަދި ސްޓޫޑެންޑް ޑިވެލޮޕްމަންޓް ފަދަ މަސައްކަތްތަކަށް އެހީ ފޯރުކޮށްދެ އެވެ.

އެލައިޑުގެ އެޑިއުކޭޝަން ފަންޑުން އެހީ ދިން ސްކޫލުތައް:

– ށ. ފޯކައިދޫ ސްކޫލްގެ ސްޓަޑީ ބެންޗް ގާއިމްކުރުމުގެ ޕްރޮޖެކްޓު

– ލ. މާމެންދޫ ސްކޫލްގެ ސްޓޫޑެންޓް ޑިވެލޮޕްމެންޓް ޕްރޮގްރާމު

– ތ. ހިރިލަންދޫ ސްކޫލްގެ ސެން ކުދިންނަށް ކިޔަވައިދޭން ރަނގަޅު މާހައުލެއް ބިނާ ކުރުމުގެ ޕްރޮޖެކްޓު

– ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އޯޑިއޯ ވިޝުއަލް ރޫމް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓު

– މުހައްމަދު ޖަމާލުއްދީން ސްކޫލްގެ ލައިބްރަރީއަށް ފޮތް އިތުރުކުރުމުގެ ޕްރޮޖެކްޓު

– މަދަރުސަތުލް އިފްތިތާހުގެ ބެލެނެވެރިންނަށް ލިޓަރަސީ ވޯކްޝޮޕް

އެޑިއުކޭޝަން ފަންޑަށް ހޮވުނު ކޮންމެ ޕްރޮޕޯޒަލްއަކަށް 25،000ރ. ގެ އެހީ ވަނީ ދީފަ އެވެ.

މީގެ އިތުރުން އެލައިޑުގެ ކޮމިއުނިޓީ ފަންޑުން ވެސް ހަތަރު ޖަމިއްޔާއަކަށް މިއަހަރުވެސް އެހީދީފައިވެ އެވެ.

އެލައިޑު ކޮމިއުނިޓީ ފަންޑުގެ ދަށުން އެހީ ދިން ޕްރޮޖެކްޓުތައް:

– ޅ. ނައިފަރު، ނައިފަރު ޖުވެނައިލް އިން ނައިފަރުގައި ޕްލާސްޓިކް މަދުކުރުމުގެ ޕްރޮގްރާމް.

– ށ. މިލަންދޫ، މިލަންދޫ ސްޕޯޓްސް ކްލަބްގެ ޖިމް ޓްރެއިނިން ޕްރޮގްރާމް.

– ވ. ކެޔޮދޫ، ކެޔޮދޫ އިސްދަރިވަރުންގެ ޖަމިއްޔާގެ ކެޔޮދޫ ސްކޫލަށް ބޭނުންވާ ކުޅިވަރު ސާމާނު ހޯދުމުގެ ޕްރޮޖެކްޓު.

– ށ. ކަނޑިތީމު، ބްލޫ ގިލްޑް ފައުންޑޭޝަންގެ ސާފު ސްކިލް ޑިވެލޮޕްމެންޓް ޕްރޮގްރާމް.

މި ހަތަރު ޕްރޮޖެކްޓު ހިންގުމަށް ހަތަރު ކޮންމެ ޕްރޮޖެކްޓަކަށް 50،000ރ. ގެ ފައިސާގެ އެހީ އެލައިޑުން ވަނީ ދީފަ އެވެ.

އެލައިޑުގެ ކޮމިއުނިޓީ ފަންޑުން ފައިސޭ ދެނީ މުޖުތަމައަށް ފައިދާކުރާނެ ޕްރޮޖެކްޓުތައް އަތޮޅުތަކުގެ ޖަމިއްޔާތައް މެދުވެރިކޮށް ހިންގާށެވެ. އެ އެހީ ދިނުމުގައި ބަލާ ހަ ދާއިރާގެ ތެރޭގައި ހިމެނެނީ ސިއްހީ ދުޅަހެޔޮކަމާއި އިޖުތިމާއީ ހިދުމަތްތަކާއި ތިމާވެށި ރައްކާތެރިކުރުމާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކާއި ތައުލީމާއި ތާރީހާ ގުޅުން ހުރި ދާއިރާތަކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.