އުރީދޫގެ އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

އުރީދޫގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަ ވާންޖެހޭ ޝަރުތުތަކަކީ:

  • އުރީދޫގެ ހިއްސާދާރަކަށް ވުން ނުވަތަ އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ގާނޫނީ ޝަހުސެއްގެ ފަރާތުން ހުށަހަޅާ ފަރާތަކަށްވުން
  • ވޭތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި އުރީދޫ މޯލްޑިވްސްގެ މުވައްޒަފުކަން ނުވަތަ ވާދަވެރިއެއްގެ ގޮތުގައި ނުވަތަ ރެގިއުލޭޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް ނުވުން
  • މަދުވެގެން އެއް އެކްޓިވް ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ މަގާމުގެ ތަޖުރިބާ ލިބިފައިވުން އަދި އެފަދަ ކުންފުންޏަކަށް ކޮންޓްރިބިއުޝަންގެ ރެކޯޑެއް ދެއްކުމުގެ ގާބިލުކަން ލިބިފައިވުން

އުރީދޫއިން ވަނީ ބޯޑުގައި އަންހެނުން ހިމެނުމަށް ޓަކައި، ޑިރެކްޓަރުގެ މަގާމަށް އަންހެނުން ކުރިމަތިލުމަކީ މަރުހަބާ ކިޔައި ހިތްވަރު ދޭކަމެއް ކަމަށް ބުނެފައެވެ.

އެ ކުންފުނިން އާ ޑިރެކްޓަރު އިންތިޚާބުކުރާނީ މާޗް މަހު ބާއްވާ އޭޖީއެމްގައި ކަމަށެވެ. އަދި އޭނާ 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭޖީއެމް ފެށެންދެން މަގާމުގައި ހުންނަވާނެ ކަމަށް އުރީދޫއިން ބަޔާނުގައިވެއެވެ.

އެ މަގާމަށް ކުރިމަތިލާން ބޭނުންވާ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު އުރީދޫގެ ވެބްސައިޓުން ލިބޭނެއެވެ.

އެޕްލިކޭޝަން ފޯމު ހުށަހަޅާނީ ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްއަށް ކަމަށް އުރީދޫއިން ބުނެއެވެ. އަދި ފޯމު އީމެއިލް ކުރާނަމަ ކުރާނީ، [email protected] އަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެ މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މިމަހުގެ 29ގެ 10:00ގެ ކުރިން ހުށަހަޅަން ޖެހޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.