ޤައުމީ ސަލާމުން، ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި

ފުރަތަމަ ޓާމު ބަންދަށް ފަހު، ޤައުމީ ސަލާމުން ހުރިހާ ސުކޫލުތަކެއް ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ފެށި ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމް ޗުއްޓީ އަށް ފަހު، ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފެށީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް އެސެމްބްލީގައި ގައުމީ ސަލާމާ އެކު އެވެ. ކޮންމެ ދުވަހަކު ވެސް ދެން ގައުމީ ސަލާމް ކިޔާނެ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު ރައީސް ގައުމިއްޔަތު ދިރުވައި އާލާ ކުރުމަކީ އެ މަނިކުފާނުގެ ވައުދެއް ކަމަށާއި ގައުމީ ސަލާމުން ކިޔެވުން ފަށަން ނިންމެވީ ގައުމު ދެކެ ލޯބިވާ ކުދި ބަޔަކަށް ދިވެހި ދަރިވަރުން ހެދުމުގެ ގޮތުން ކަމަށެވެ.

ސަރުކާރުން ވަނީ އަންނަ އަހަރުގެ ކިޔެވުން އަނެއްކާ ވެސް ޖެނުއަރީ މަހު ފަށާ ގޮތަށް ބަދަލުކުރަން ނިންމައިފަ އެވެ. ނަމަވެސް އެ ބަދަލު ގެނެސް ކިޔަވައިދޭން ފަށާނެ ގޮތެއް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ.

މިހާރު އޮތް އެކަޑަމިކް ކަލަންޑަރުގައި ވާގޮތުން ދެވަނަ ސެމިސްޓަގެ ކިޔެވުން ނިމޭނީ މިއަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުގައެވެ. އަދި 2024 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭނީ 31 ޖުލައިގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.