ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ހެލްތު ސާވިސަސްގެ މަގާމަށް އޭދަފުށީ ސަކީނާ މަންޒިލް، މުހައްމަދު ޝަކީލް ހަމަޖައްސައިފި އެވެ.
ބ. އަތޮޅު ހޮސްޕިޓަލުގެ އާ މެނޭޖަރަކަށް ޝަކީލު، ހަމަޖެއްސުމާ ގުޅިގެން އޭނާ މިއަދު ހޮސްޕިޓަލާ ރަސްމީކޮށް ގުޅިވަޑައިގެންފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ވަނީ ހާމަކޮށްފައެވެ.
ބ. އަތޮޅު ހޮސްޕިޓަލު ހިންގުމުގެ އެންމެ އިސްވެރިއަކަށް ރައީސް އޮފީހުން ހަމަޖެއްސެވި ޝަކީލު ވަނީ، ފުރަތަމަ ދައުރުގައި އޭދަފުށީ ކައުންސިލުގެ މެންބަރުކަން ކުރައްވާފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ރައީސް ޔާމިންގެ ވެރިކަމުގައި އޭދަފުށީ ފެނަކަ ބްރާންޗުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.
މީގެ ކުރިން ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރަކަށް ހުންނެވީ 2019 ވަނަ އަހަރުގެ ޖުލައި މަހުގައި އެ މަގާމަށް އައްޔަންކުރި މުހައްމަދު ރަޝީދެވެ. މުހައްމަދު ރަޝީދު އެ މަޤާމުން ވަކިކުރީ މިދިޔަ ނޮވެމްބަރުމަހުގެ ތެރޭގަ ގައެވެ.