މަޖިލިސް އިންތިހާބު މާޗު 17ގައި ބާއްވަން ނިންމައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބަހައްޓާފައިހުރި ފޯޓް ފޮއްޓަށް މީހަކު ވޯޓްލަނީ– އީޓީފޮޓޯ/ އަހްމަދު ޔާނިއު

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މާޗް 17 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރޯދަ މަސް ތެރޭގައި އިންތިހާބު ބާއްވަން ނިންމާފައި ވަނީ ރޯދައިގެ ފަހުން އިންތިހާބު ބާއްވަން އިދާރީ ބޮޑު ހުރަސްތަކެއް ހުރުމުން ކަމަށެވެ. 

އެގޮތުން، އެޑިއުކޭޝަން މިނިސްޓްރީން އިސްލާހުކޮށް އާންމުކޮށްފައިވާ ދިރާސީ ކަލަންޑަރުގައިވާ ގޮތުން، އީދޫ ބަންދަށްފަހު ފެށޭ ހަފްތާއަކީ ސްކޫލުތަކުގެ އިމްތިހާނު އޮންނަ ދުވަސްވަރެވެ. އެހެންވެ، އިންތިހާބަށް ސްކޫލްތައް ލުބުން ދަތިވެ، ވޯޓްލާ މަރުކަޒުތައް ގާއިމްކުރުމަށް ކޮމިޝަނަށް އެކަށީގެންވާ ތަންތަން ނުލިބޭ ކަމަށެވެ.

އަދި، ރޯދަ މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި ވާތީ، ސަރުކާރުގެ އެކި ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއެކު ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށް އީސީން ބުނެފައިވެ އެވެ.

މި އަހަރު އޮންނަ 20 ވަނަ މަޖިލީހުގެ އިންތިޚާބުގައި 93 ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.