ފުލުހުންގެ ބ އަތޮޅުގެ ކޮމާންޑަރަކަށް އަފްރާ އާދަމް

ފުލުހުންގެ ބ އަތޮޅުގެ އާ ކޮމާންޑަރ އަފްރާ އާދަމް

ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ބ. އަތޮޅު ކޮމާންޑަރަކަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަފްރާ އާދަމް ހަމަޖައްސައިފި އެވެ.

މި މަގާމަށް އަފްރާ އާދަމް ހަމަޖައްސާފައި މި ވަނީ ކުރިން އެ މަގާމުގައި ހުންނެވި އިންސްޕެކްޓަރ އަހްމަދު ނައީމް މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.

ނޯތު ޕޮލިސް ޑިވިސަންގެ ބ. އަތޮޅު ކޮމާންޑަރަކަށް އަފްރާ އާދަމް ހަމަޖެއްސެވުމާ ގުޅިގެން އޭނާ މިދިޔަ މަހުން ފެށިގެން އަންނަނީ އޭދަފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ފައްޓަވާފައެވެ.

އަދި ފުލުހުންނާއި ކައުންސިލް ގުޅިގެން ރަށުގައި ކުރުމަށް ކައުންސިލުން ރާއްވަވާފައިވާ ހަރަކާތްތަކުގެ މަޢުލޫމާތު ހިއްސާކޮށް، ރަށުގައި ހުރި ގިނަ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތަކާއިމެދު ކައުންސިލުތަކާ ބައްދަލުކޮށް އަންނަނީ މަޝްވަރާ ކުރައްވަމުންނެވެ.  

އިތުރުން މިއަތޮޅުގެ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމް ކުރުމަށް ކުރެވޭ މަސައްކަތުގައި ދިމާވެފައިވާ ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރެވެން މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަމާމެދު ވެސް ކައުންސިލުތަކާ ބައްދަލުކޮށް އަންނީ މަޝްވަރާ ކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.