ހިލޭ ކޯހެއް ހެދުމުގެ ފުރުސަތު ދިރާގުން މުޅި ރާއްޖެ އަށް

ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އަޔަލެންޑްގެ އޮންލައިން ބޭސްޑް ހަޔަރ އެޑިއުކޭޝަން އިންސްޓިޓިއުޝަން “ޝޯ އެކަޑެމީ”ގެ ކޯސްތައް ދިވެހީންނަށް ހެދޭނެ ގޮތް ދިރާގުން ފަހިކޮށްދީ، ފުރަތަމަ ކޯސް މުޅިން ހިލޭ ހެދޭ ގޮތް ހަމަޖައްސައިފިއެވެ.

ދިރާގުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެކުންފުނީގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް އިބްރާހިމް އިމްޖާދު ޖަލީލް ވިދާޅުވީ، މިއަދު ދިރާގުން ފަހިކޮށްދިނީ، ތައުލީމީ ގޮތުން މީހާ ކުރިއެރުވުމަށް ރާއްޖެއިން ބޭރަށް ދިއުމާއި ބޮޑެތި މަރުކަޒުތަކާ ގުޅުމުގެ ބަދަލުގައި، އޮންލައިންކޮށް، ކޮންމެ ތަނެއްގައި ހުރެގެންވެސް ކިޔެވޭނެ ފުރުސަތެއް ކަމަށެވެ.

“ގޭގައި އަވަދިނެތި އުޅޭ އަންހެން ކަނބަލުންނާއި، ބުރަކޮށް ވަޒީފާގައި އުޅޭ ބޭފުޅުންނާއި، ސްކޫލް ނިންމާފައި އިތުރަށް ތައުލީމު ހާސިލުކުރުމަށް އިންސްޓިޓިއުޝަނަކާ ގުޅިފައި ނެތް ކޮންމެ ބޭފުޅަކަށް ވެސް، އިންޓަނޭޝަނަލް ފެންވަރުގެ އެކްރެޑިޓެޑް ކޯސްތަކެއް ހެދުމަށް މިއީ ރަނުގެ ފުރުސަތެއް،” އިމްޖާދު ވިދާޅުވިއެވެ.

ޝޯ އެކެޑެމީއިން ހުށަހަޅާ ޑިޕްލޮމާ ޕްރޮގްރާމްތައް:

  • ބިއުޓީ
  • ހެލްތު އެންޑް ފިޓްނަސް
  • ޑިޕްލޮމާ އިން ވެއިޓް ލޮސް
  • ޕާސަނަލް ނިއުޓްރިޝަން
  • ސްޕޯޓްސް ނިއުޓްރިޝަން
  • އިލްޑް ނިއުޓްރިޝަން
  • ކިޑްސް ކޯޑިންގް
  • ވެބް ޑިވެލޮޕްމެންޓް
  • ވެބް ޑިޒައިން
  • ގްރެފިކް ޑިޒައިން
  • މޯބައިލް އެޕް ޑިވެލޮޕްމެންޓް
  • ޑިޖިޓަލް މާކެޓިންގް
  • ސޯޝަލް މީޑިއާ މާކެޓިންގް
  • ޑިޕްލޮމާ އިން ވައިރަލް މާކެޓިންގް
  • ކަރިއަރ އެޑްވާންސްމަންޓް
  • ފައިނޭންޝަލް ޓްރޭޑިންގް
  • އިންވެސްޓްމެންޓް
  • ފޮޓޯގްރަފީ
  • ފޮޓޯޝޮޕް
  • ވެޑިންގް ފޮޓޯގްރަފީ
  • ލައިޓްރޫމް
  • ގިޓާ

މި ހުރިހާ ޕްރޮގްރާމެއްގެ އަގު އުޅެނީ 395 ޕައުންޑުގައެވެ. ނަމަވެސް ދިރާގުން ފަހިކޮށްދިން ފުރުސަތާ ގުޅިގެން، ޝޯ އެކެޑަމީ މެދުވެރިކޮށް ކޮންމެ ދިވެއްސަކު ހަދާ ފުރަތަމަ ކޯސް، އެއްވެސް އަގަކާ ނުލައި ހެދޭނެއެވެ. ނަމަވެސް އިތުރަށް ހަދާ ކޯސްތަކަށް އަގު ދައްކަން ޖެހޭނެއެވެ.

މި ކޯސްތަކުގެ ދިގުމިނަކީ އެވަރޭޖްކޮށް އެއްމަސްދުވަހެވެ. އަދި ހަފްތާއަކު އޮންނާނީ ދެ ކްލާހެކެވެ.

ދިރާގުގެ ކޮންސިއުމަރ މާކެޓް މެނޭޖަރ ޖަނާ އިބްރާހީމް ވިދާޅުވީ، މި ކޯސްތަކަކީ ތައުލީމަށް ވުރެ ބޮޑަށް، އަމިއްލަ ނަފްސުގެ ހުނަރުތައް ތަރައްގީކުރުމަށްޓަކައި އަމާޒުކުރެވޭ ކޯސްތަކެއް ކަމަށެވެ.

“މި ކޯސްތައް ވަރަށް ޑިޖިޓަލްކޮށް، އޮންލައިންކޮށް ހަދާލެވޭނެ. ލައިވްކޮށް ވެބިނާއެއް ގޮތަށް އިންޓެރެކްޓިވްކޮށް، އެ ކޯހުގައި އުޅޭ އެހެެން ކުދިންނާ ލެކްޗަރާއިންނާ އެކު، ސުވާލާއި ޖަވާބު ސެޝަންތައް ވެސް ހެދޭނެ،”

ޖަނާ ވިދާޅުވީ، ކޯސް އޮންނަ ވަގުތު އަންގައިދީ، ރިމަންޑާއެއްގެ ގޮތުން ޝޯ އެކަޑެމީއިން އީމެއިލް ވެސް ފޮނުވައިދޭނެ ކަމަށެވެ. އަދި ލައިވް ކްލާހުގައި ބައިވެރިނުވެވިއްޖެ ނަމަ، އެ ކްލާހުގެ ރިކޯޑިންގް ފަހުން ބަލައިލުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ.

އަދި ކޯސް ފުރިހަމަކުރުމުން ސެޓްފިކޭޓް ވެސް ލިބޭނެ ކަމަށް ޖަނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.