މާސްޓަރކާޑް ބޭނުންކުރާ ފަތުރުވެރިންނަށް ހާއްސަ ހިދުމަތްތަކެއް

ދުނިޔޭގެ ގިނަ ބަޔަކު ފައިސާގެ މުއާމަލާތް ކުރުމަށް ބޭނުން ކުރަމުންދާ މަގުބޫލު ޓެކްނޮލޮޖީ ކުންފުނި މާސްޓަރކާޑާއެކު އުރީދޫ މޯލްޑިވްސް ގުޅި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، އިތުރު ފަސޭހަތަކާއި ހާއްސަ ކަންތައް ފޯރުކޮށްދިނުމަށްޓަކައި، ސްޓްރެޓީޖިކް ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް ގެ ހެޑްކުއާޓަރސް ގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުން އިއުލާންކޮށްފައިވަނީ މާސްޓަރކާޑުގެ ދެކުނު އޭޝިއާގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ވިކާސް ވަރްމާ އަދި ކުންފުނީގެ ކަންޓްރީ މެނޭޖަރ، ސްރީ ލަންކާ އަދި މޯލްޑިވްސް، ސަންދުން ހަޕުގޯޑާ އަދި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ހާލިދު އަލް ހަމާދީ އާއެކު ބޭއްވުނު ބައްދަލުވުމެއްގައެވެ.

ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދީ، ދިރިއުޅުން ފަސޭހަ ކުރެވޭފަދަ ޒަމާނީ އީޖާދީ ހިދުމަތްތަކެއް ގެނެސްދިނުމަކީ އޫރީދޫ މޯލްޑިވްސް އަބަދު ވެސް ކުރަމުންދާ މަސައްކަތެކެވެ.

މާސްޓަރކާޑާއެކު މިވެވުނު އެއްބަސްވުމަކީ ވެސް ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ހެއްކެކެވެ.

މިކަމާއި ގުޅިގެން އުރީދޫގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ، ވިދާޅުވީ އެ ކުންފުނިން  ކަސްޓަމަރުން އަދި މާސްޓަރކާޑު ގެންގުޅޭ ފަރާތްތަކަށް ހާއްސަ އެތައް ކަމެއް ކުރިއަށް އޮތް ތަނުގައި ތައާރަފުކުރެވިގެން ދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮޕަރޭޓިންގ އޮފިސަރ، މާސްޓަރކާޑު، ދެކުނު އޭޝިއާ، ވިކާސް ވަރުމާ ވިދާޅުވީ މާސްޓަރކާޑު އަދި އުރީދޫ މޯލްޑިވްސް އާއިއެކު ރާއްޖެއަށް ޒިޔާރަތްކުރާ މާސްޓަރކާޑު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ އޮފަރތަކެއް ހުޅުވާލެވޭނެ ކަމަށެވެ. އަދި މާސްޓަރކާޑު ބޭނުންކުރާ ފަތުރުވެރިންނަށް އުރީދޫ އާއެކު ހައި ސްޕީޑް ޑޭޓާ ބޭނުންކުރުމުގެ މަގު ތަނަވަސްވެ، އިތުރު ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން މާސްޓަރކާޑު ބޭނުންކުރާ ފަރާތްތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާއްސަ ކަންތައްތައް ހޯދައިދިނުމަށް އަބަދު ވެސް ދަނީ މަސައްކަތްކުރަމުން ކަމަށް ވެސް ވިދާޅުވިއެވެ.

މި އެއްބަސްވުމާއެކު ދެ ކުންފުނީގެ އަމާޒަކީ ވެސް ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން މާސްޓަރކާޑު ބޭނުން ކުރާ ފަރާތްތަކަށް ހުޅުވާލައިގެން ހާއްސަ އެކި އޮފަރތަކާއެކު ރާއްޖޭގައި ހޭދަކުރެވޭ ދުވަސްތައް ރާއްޖޭގެ އެންމެ ހަލުވި ނެޓްވާކު، އުރީދޫ އާއެކު ފުރިހަމަވެގެންދާނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.