ރިވައިވަލް އޭދަފުށި ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް މާދަމާ ފަށަނީ

ރާއްޖޭގައި އެންމެ ޕްރޮފެޝަނަލްކޮށް، ބެޑްމިންޓަންގެ ކަންކަން ކުރިއަށްގެންދާ ރިވައިވަލް ސްޕޯޓްސް ކްލަބުން އޭދަފުށި ޖޫނިއާ އޯޕަން ބެޓްމިންޓަން މުބާރާތް މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.

އޭދަފުށީ ބެޑްމިންޓަން ކޯޓްގައި ޖެނުއަރީ 18-20 އަށް، އެސްޓީއޯ ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތުގެ ނަމުގައި ބާއްވާ މި މުބާރާތް ކުރިއަށްދާނީ 9 އަހަރުން ދަށާއި 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުޅުންތެރިންނަށެވެ.

ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއަރ އޯޕަން ބެޑްމިންޓަން މުބާރާތުގައި ބައިވެރިވި 150 އަށްވުރެ ގިނަ ކުޅުންތެރިންގެ ތެރޭގައި މާލޭ ބެޑްމިންޓަން އެކަޑަމީތަކުގެ އެތުލީޓުންވެސް ހިމެނެއެވެ.

 ބ. އޭދަފުށީގައި ބެޑްމިންޓަން އިތުރަށް ފުޅާކުރުމަށް ރިވައިވަލް ސްޕޯޓްސް ކްލަބުން ވަނީ، ޒުވާން ހުނަރުވެރި އެތުލީޓުންނަށް އެމީހުންގެ އެންމެ ފުރިހަމަ ގާބިލްކަން ހޯދުމަށް އެހީތެރިވުމަށް ބޭނުންވާ ތަމްރީނާއި ތަރައްގީ އަދި މުބާރާތުގެ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން “ރިވައިވަލް ސްޕޯޓްސް އޭދަފުށީ ބްރާންޗް” ގެ ނަމުގައި އެކަޑަމީއެއް އުފައްދައިފަ އެވެ.

 މި އަހަރު ފެށުނު ދުވަހުން ފެށިގެން، ރިވައިވަލް ސްޕޯޓްސް އޭދަފުށީ ބްރާންޗްގެ ހަރަކާތްތައް ރަސްމީކޮށް ކުރިއަށްދާއިރު، މި ވަގުތު ވެސް 150 ކުދިން ވަނީ މި ޕްރޮގްރާމްގައި ވަނީ ބައިވެރިވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.