ރިވައިވަލް ސްޕޯޓްސް ޖޫނިއާ އޯޕަން މުބާރާތް ފޯރީގައި ކުރިއަށް

އޭދަފުށީގައި މިއަދު ފެށި ރިވައިވަލް ސްޕޯޓްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން.— ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރިވައިވަލް ސްޕޯޓްސް ކްލަބުން ބާއްވާ އެސްޓީއޯ ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް ފޯރީއާ އެކު ކުރިއަށް އެބަ ދެ އެވެ.

އިއްޔެ އޭދަފުށީ ބެޑްމިންޓަން ކޯޓްގައި ފެށި މި މުބާރާތް ކުރިއަށްދަނީ، 9 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް ހާއްސަ ކޮށްގެންނެވެ. އެގޮތުން 150 އަށްވުރެ ގިނަ އެތްލީޓުން މި މުބާރާތުގައި ވާދަކުރެއެވެ.  

އޭދަފުށީގައި މިއަދު ފެށި ރިވައިވަލް ސްޕޯޓްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން.— ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ވަރަށް ފޯރި އާ އެކު ކުރިއަށްދާ މި މުބާރާތުގައި މާލޭ ބެޑްމިންޓަން އެކަޑަމީތަކުގެ ގިނަ އަދަދެއްގެ އެތުލީޓުން ވެސް ވާދަ ކުރެއެވެ.

އޭދަފުށީގައި މިއަދު ފެށި ރިވައިވަލް ސްޕޯޓްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން.— ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރިވައިވަލް ސްޕޯޓްސް އޭދަފުށީގެ އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސް، ޒަޔާން ޒަކީ، “އަދަދު” އާ ވާހަކަ ދައްކަމުން ބުނިގޮތުގައި، އޭދަފުށީގައި މި މުބާރާތް ކުރިއަށްދަނީ ވަރަށް ގިނަ ފަރާތްތަކުގެ އެއްބާރުލުމާ އެކުގައި ކަމަށެވެ. އެގޮތުން އޭދަފުށީގެ ކުދި ބޮޑު އެންމެން މި މުބާރާތަށް ބަހައްޓާ ޝައުގުވެރިކަން އޭނާ ފާހަގަކުރި އެވެ.

“މީގެއިން އެނގޭ ކަމަކީ، މި ފަދަ ފުރުސަތަކަށް ރާއްޖޭގެ އެކި ސަރަަހައްދުތަކުން އެދިއެދި އޮތް މިންވަރު،” ޒަޔާން ބުންޏެވެ.

އޭދަފުށީގައި މިއަދު ފެށި ރިވައިވަލް ސްޕޯޓްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން.— ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

“އުންމީދަކީ، މި މުބާރާތް ވީހާ ވެސް ބޮޑަށް ފުޅާވެގެން، ގިނަ ކުޅުންތެރިންތަކެއް މި ލިބޭ ފުރުސަތުތަކުގެ ބޭނުންހިފައި، މޮޅު ކުޅުންތެރިންތަކަކަށް ވެ ރާއްޖެ އަށް ރީތި ނަން ހޯދައިދިނުން،” 

ފުޓްބޯޅަ އެކޭ އެއްގޮތަށް ބެޑްމިންޓަނަކީ މި ފަހަކަށް އައިސް އޭދަފުށީގައި ވަރަށް ފޮރީގައި ކުޅެމުން އަންނަ ކުޅިވަރެކެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވާ އަތޮޅު ލީގުގެ ޗެމްޕިއަންކަން އޭދަފުށީ ޓީމުން ޖެހިޖެހިގެން ތިން ފަހަރު ހޯދައި، އޯޕަންސް ބައިގައި ވެސް ކާމިޔާބީ ތަކެއް ވަނީ ހޯދައިފަ އެވެ.

އޭދަފުށީގައި މިއަދު ފެށި ރިވައިވަލް ސްޕޯޓްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން.— ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އަދި މިދިޔަ އަހަރު ބެޑްމިންޓަން އެސޯސިއޭޝަނުން ބޭއްވި އިންޓަ ސްކޫލް މުބާރާތުގައި ވެސް  ބ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ ފަސް ޓީމް އިވެންޓަކުން ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

ރިވައިވަލް ސްޕޯޓްސް އިން ބުނިގޮތުގައި ބެޑްމިންޓަންގެ ކާމިޔާބު ޖީލެއް ބިނާކުރުމަށް އޭދަފުށީގައި ރިވައިވަލް ސްޕޯޓްސް ކްލަބުން މި ފެށި މަސައްކަތަކީ، ބެޑްމިންޓަނުން ކުރިއަށްދާން މި ރަށުގައި ތިބި ކުޅުންތެރިންނާއި ކައިރި ރަށްތަކުގައި ތިބި ކުދިންނަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެކެވެ.

މި މުބާރާތް މާދަމާގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.