ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން ނިންމާލައިފި

ބ. އޭދަފުށީގައި ކުރިއަށްދިޔަ، ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަންގައި ބައިވެރިވި ގިނަ ކުޅުންތެރިންތަކެއް ފޮޓޯ އަކަށް ހުއްޓިލައިގެން،— ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ހަފްތާ ބަންދުގައި އޭދަފުށީގައި ކުރިއަށް ގެންދިޔަ އެސްޓީއޯ ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.


އިއްޔެ ހަވީރު ނިމުނު މި މުބާރާތުގައި 150 އަށްވުރެ ގިނަ ކުޅުންތެރިން ވާދަ ކޮށްފައި ވެއެވެ. މުބާރާތް ކުރިއަށް ގެންދިޔައީ 9 އަހަރާއި 12 އަހަރާއި 14 އަހަރު އަދި 16 އަހަރާއި 18 އަހަރުން ދަށުގެ އުމުރުފުރާއަށް ބަހާލައިގެންނެވެ.


މި މުބާރާތުގައި މާލެއިން ވެސް ވަނީ އެކެޑަމީގެ ކުޅުންތެރިންތައް ވާދަކޮށްފަ އެވެ.

ނުވަ އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ތިލާލް އިބްރާހިމް ވަހީދު ހޯދިއިރު، އަންހެން ޗެމްޕިއަންކަން ހޯދީ އައިޝާ ހާޖަރު ހާނިސް މޫސާ އެވެ.


ބާރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަނަކީ، ވިލާން ޝާފީ އަލީ އެވެ. ބާރަ އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަނަކީ، ލައިބާ އަހުމަދު މަހުލޫފެވެ.


14 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން، އިޔާން އަހުމަދު މަމްދޫހު ހޯދިއިރު، ސާދަ އަހަރުން ދަށުގެ އަންހެން ޗެމްޕިއަނަކީ، ޔަލްވީ ހުސެއިން ޒުހުރީ އެވެ.


ސޯޅަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަނަކީ، އިޒްޔާން އަބްދުލް ސައީދު އެވެ. ސޯޅަ އަހަރުން ދަށުގެ އަންހެން ސިންގްލަސް ޗެމްޕިއަނަކީ އައިމިނަތު ފަރްހާ ފަރޫޒާން އެވެ.

މި އުމުރުފުރާގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން އަބްދުﷲ ނަހުވާން ބިން މުހައްމަދު ނަޝީދު އާއި މުހައްމަދު ހައްޔާން ބިން އަބްދުލް ހަންނާންގެ ޕެއާ ހޯދިއިރު، އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އައިމިނަތު ފަރްހާ ފަރޫޒާން އާއި ކިޔާން އާދިލް މުހައްމަދު އެވެ.


18 އަހަރުން ދަށުގެ ސިންގަލްސް ފިރިހެން ޗެމްޕިއަނަކީ، އައްޔޫބް އަޒްހަރު މުހައްމަދު އެވެ. އަންހެން ސިންގަލްސް އިން ޗެމްޕިއަނަކީ، މަރިޔަމް އީނާސް އިލްޔާސް އެވެ.
އަށާރަ އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަނަކީ، ހުސެއިން އިޒުއާން ސޯދިގު އާއި މުހައްމަދު އަލޫފް ރިފާއުގެ ޕެއާ އެވެ.

މި އުމުރުފުރާ ކެޓަގަރީގެ އަންހެން ޑަބަލްސް ޗެމްޕިއަނުންނަކީ، އީނާސް އާއި ނާއިޝާ ސައުދުﷲ ގެ ޕެއާ އެވެ.

މި މުބާރާތް ހޯސްޓްކުރި ރިވައިވަލް އިން ބުނީ މި މުބާރާތުން އެ އެކަޑަމީއަށް ލިބުނު ކާމިޔާބީ ފުރިހަމަ ކަމަށެވެ. އެގޮތުން، ރިވައިވަލް އަށް ނިސްބަތްވާ ކުޅުންތެރިން ވަނީ 18 ރަން މެޑަލްގެ ތެރެއިން އަށް ރަން މެޑަލް އާއި 18 ރިހި މެޑަލްގެ ތެރެއިން 16 ރިހި މެޑަލް އަދި 36 ލޯ މެޑަލްގެ ތެރެއިން 24 ލޯ މެޑަލް ހޯދައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.