އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ އަތޮޅުތަކަށް ލިބޭ ގޮތް ހަދަނީ

މާރުކޭޓު ސަރަހައްދުގައި ހުންނަ އަތޮޅު ފިހާރައެއްގައި ބަޔަކު ވިޔަފާރި ކުރަނީ– ފޮޓޯ: ހުސައިން ވަހީދު/ މިހާރު

މާލެ ނޯތު ހާބަރު ސަރަހައްދުގައި ހުންނަ އަތޮޅު ފިހާރަތަކަށް ލިބޭ ފައިސާ އަތޮޅުތަކަށް ލިބޭނެ ގޮތް ހައްދަވާދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގެ މޭޔަރާއި ކައުންސިލުން ހުވާކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މާލޭގައި ހުރި އަތޮޅު ފިހާރަތަކުން ފައިސާ ލިބެމުންދިޔަ ނަމަވެސް ކުރީ ސަރުކާރުތަކުން އެ ފައިސާ އަތޮޅު ފިހާރަތަކާ ހަވާލުނުކުރާ ކަމަށެވެ.

“މާލޭގައި ހުރޭ އަތޮޅުފިހާރަތަކެއް. އެހެން ނަމަވެސް، އެ އަތޮޅުފިހާރަތަކަށް ލިބެމުންދިޔަ ފައިސާ އަތޮޅުތަކާ ހަވާލުކޮށްފައެއް ނެތް. އެހެން ނަމަވެސް، އަޅުގަނޑުމެން ނިންމާފައި މިހާރު ވާނީ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި، އެ އަތޮޅުފިހާރަތަކުން ލިބޭ ފައިސާ، އެ އަތޮޅުތަކާ އަޅުގަނޑުމެން ހަވާލުކުރާގޮތަށް. އޭރުން އަތޮޅު ކައުންސިލްތަކަށް، ރަށު ކައުންސިލްތައް މެދުވެރިކޮށް އެ މަސައްކަތް ކުރެވޭނެ،” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރުވެސް އެގޮތަށް ހަވާލުކުރަން ޖެހިފައި ހުރި ފައިސާ އެބަހުރި ކަމަށާއި ކަމަށެވެ.

ނަމަވެސް، ކުރިއަށް އޮތް ތާނގައި ދެ ފުށް ފެންނަ ނިޒާމުގެ ތެރެއިން، އެ އަތޮޅަކަށް ނިސްބަތްވާ، ފައިސާގެ އަދަދުން އެ އަތޮޅަކަށް އެ ރޭޝިއޯއިން ހަވާލުކުރައްވާނެ ކަމަށް ވެސް ރައީސް ވިދަޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، އަތޮޅު ފިހާރަތަކުން ލިބޭ ކުލި އެއްކޮށް ކައުންސިލްތަކަށް ދޭން 2022 ވަނަ އަހަރު ނިންމި އެވެ. އޭގެ ކުރިން ކައުންސިލްތަކަށް ޖަމާ ކުރަމުން އައީ އަތޮޅު ފިހާރައިން ލިބޭ ކުލީގެ 50 ޕަސެންޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.