ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރައީސް ރަށްރަށަށް ވަޑައިގަންނަވަނީ

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާ ކަންކަން އޮޅުންފިލުވައި ދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ކެބިނެޓުގެ މިނިސްޓަރުން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރު ކުރެއްވުމަށް ތައްޔާރުވަމުން ގެންދަވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގެ އާ މޭޔަރު އާދަމް އާޒިމާއި އާ ތިން ކައުންސިލަރުން މަގާމުގެ ހުވާ ކުރުމަށް ބޭއްވި ދަރުބާރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ވޯޓުން އިންތިހާބުވެގެން އަންނަނީ ތަފާތު ކުރުމެއް ނެތި ރައްޔިތުންނާ ގާތުން ހިދުމަތް ކުރުމަށް ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރާނީ އެ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ދަތުރުފުޅުތައް އަންނަ ހަފުތާގައި ފައްޓަވައި ވަގުތު ލިބިވަޑައިގަންނަވާ ގޮތަކުން އެ ދަތުރުފުޅުތައް ތަކުރާރު ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ، މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުން ވެސް “ވީ ވަރަކުން” ކުރިއަށް ގެންދަވާނެ ކަމަށެވެ

ރައީސް ވިދާޅުވީ ކޮންމެ ދެމަހަކުން އެއްފަހަރު ކެބިނެޓުގެ ވަޒީރުން ރައްޔިތުންނާއި ބައްދަލު ކުރައްވާ ކަންކަން އޮޅުންފިލުވައިދެއްވުމަށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލައްވާނެ ކަމަށެވެ. އަދި އެމަނިކުފާނުވެސް ކޮންމެ ތިން މަހަކުން އެއް ފަހަރު ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށްޓަކައި ފޯރަމެއް ބާއްވަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވާ ކޮންމެ ސުވާލެއް އެ ދެ ގަޑިއިރުގެ ތެރޭގައި ވަޒީރުންނަށް ކުރެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.