ފޯ ސީޒަންސްގެ އެޕްރެންޓިސްޝިޕަށް ޒުވާނުން ނަގަނީ

ޓޫރިޒަމް ދާއިރާ އަށް މީހުން ބިނާކުރަން ފޯ ސީޒަންސް ރިސޯޓްސް އިން ބާއްވަމުން އަންނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މި އަހަރު ފަށާ ބެޗަށް ޒުވާނުން ނަގަން ތައްޔާރުވެއްޖެ އެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރިސޯޓްތަކުގެ ތަފާތު ވަޒީފާތަކަށް ތަމްރީން ދިނުމަށް ކޮންމެ އަހަރަކުވެސް އެ ރިސޯޓުން ބާއްވަމުން އަންނަ ޕްރޮގްރާމްތަކެކެވެ.

ފޯ ސީޒަން ރިސޯޓުން ބުނި ގޮތުގައި މިކަމަށް ހާއްސަކޮށްގެން މިއަހަރުފަށާ ޕްރޮގްރާމުގެ މައުލޫމާތު ދިނުމާއި އިންޓަވިއު ސެޝަންތައް އަންނަ ފެބްރުއަރީމަހުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާނެ އެވެ.

އެގޮތުން އަންނަ މަހުގެ 11 އިން މެއި 19 އާ ހަމައަށް ސެޝަންތައް ބާއްވާނެ ކަމަށާއި ޖުމްލަ 14 ރަށެއްގައި އެކަން ކުރިއަށް ދާނެ ކަމަށެވެ.

އޭގެ ތެރޭގައި ބ. އަތޮޅުގައި ބާއްވާ ސެޝަން އޮންނާނީ ފެބްރުއަރީ 20 ވަނަ ދުވަހު އޭދަފުށީގަ އެވެ.  

އެ ރިސޯޓުން ބުނި ގޮތުގައި މި ޕްރޮގްރާމަކީ އުމުރުން 16 އަހަރާއި 20 އަހަރުގެ ދެ ޖިންސުގެ ކުދިންނަށް ބައިވެރިވެވޭ ޕްރޮގްރާމެކެވެ. ޕްރޮގްރާމުގައި އޯލެވެލް ނުވަތަ އޭލެވެލް ފެންވަރު ހުންނަ ކޮންމެ ކުއްޖަކަށް ވެސް ބައިވެރިވެވޭނެ އެވެ. އަދި ފަރިތަކަމާ އެކު އިނގިރޭސިން ވާހަކަ ދެއްކޭ ކުދިންނަށް މިކަމުގައި އިސްކަން ދެވޭނެ ކަމަށް އެރިސޯޓުން ބުނެއެވެ.

މި ޕްރޮގްރާމްގައި ޓޫރިޒަމް ދާއިރާގެ މައިގަނޑު ދާއިރާތައް ކަމަށްވާ ހޮސްޕިޓަލިޓީ، ވޯޓާ ސްޕޯޓްސް އަދި ހައުސް ކީޕިންފަދަ ދާއިރާތަކުން ތަމްރީނުދޭނެ އެވެ.

މިއަހަރުގެ އެޕްރެންޓެންޝިޕް ޕްރޮގްރާމު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 22 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.