ބ. އަތޮޅު ތައުލީމީ މަރުކަޒުގައި “ގައުމިއްޔަތު” ކިޔަވައިދޭން ފަށައިފި

ވަކި މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތު ކިޔަވައިދޭން ފެށުމުގެ ގޮތުން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ އެސެމްބްލީ

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ވަކި މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތު ކިޔަވައިދޭން މިއަދު ފަށައިފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒު ހިމެނޭގޮތަށް އަތޮޅުތަކުގެ 11 ސްކޫލެއްގައި މި މާއްދާ މިދިޔަ އާދީއްތަ ދުވަހު ވަނީ ޕައިލެޓްކޮށްފަ އެވެ. ވަކި މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތު ފުރަތަމަ ކިޔަވައިދޭން ފަށާނީ ސްކޫލުތަކުގެ ގްރޭޑް ހަތަރެއްގެ ދަރިވަރުންނަށެވެ.

ގައުމިއްޔަތު މާއްދާ ކިޔަވައިދޭން ފެށުމުގެ ގޮތުން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ހެނދުނު ވަނީ ހާއްސަ އެސެމްބަލީއެއް ބާއްވައިފަ އެވެ.

ވަކި މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތު ކިޔަވައިދޭން ފެށުމުގެ ގޮތުން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ އެސެމްބްލީ

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގައުމިއްޔަތު މާއްދާގެ ބޭނުމަކީ ދިވެހިވަންތަކަން ހުރި ދިވެހި ގައުމު ދެކެ ލޯބިވާ ގައުމާ މެދު ވިސްނައި ގައުމާމެދު ފަހުރުވެރިވާ ދަރިވަރަކު އުފެއްދުން ކަމަށެވެ.

ގައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި ކިޔަވައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.