ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫގެ ރަނުގެ ފުރުސަތު

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫގެ ރަނުގެ ފުރުސަތުތަކެއް ލިބޭނެ.

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫ މޯލްޑިވްސްގެ ވަރަށް ހާއްސަ އޮފައެއް ކުރިއަށް ގެންދެ އެވެ.

ގޯލްޑަން ފުޓްސަލް މެޗުތައް ކުރިއަށް ގެންދާ ދުވަސް ދުވަހު ރެހެންދި ޓާފު، ހުޅުމާލޭގައި ބެހެއްޓިފައި ހުރި އުރީދޫ ޓެންޓުން އުރީދޫގެ ސާވިސްއެއް ހޯދައިގެން ކޮންމެ ހަފްތާއަކު އަގުހުރި އިނާމެއް ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށައިފަ އެވެ.

އުރީދޫ މޯލްޑިވްސްގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ނުވަތަ ސުޕަނެޓް ހިދުމަތް އަދި 5ޖީ ޑިވައިސްއެއް ނެގި ކަމަށް ވިޔަސް މި ލަކީޑްރޯ ގައި ބައިވެރިވެވޭނެ ކަމަށް އުރީދޫން ބުނެ އެވެ. އަދި އަގުހުރި އެތައް އިނާމެއް ހިމެނިފައިވާއިރު، މީގެ ތެރޭގައި ޓީވީ، ފްރިޖް، ސޯފާ، އަވަން ފަދަ ބޭނުންތެރި އިނާމުތައް ހިމެނިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ މާޗު މަހު ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާ ހަމައަށެވެ. އަދި ރެހެންދި ޓާފުގައި ބަހައްޓާފައިވާ އުރީދޫ ޓެންޓުގައި އުރީދޫ ޓީމުން ކަސްޓްމަރުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.