އޭދަފުށި ފުޓްސަލް ޓީމުގެ ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ވާދަކުރާ އޭދަފުށީ ފުޓްސަލް ޓީމުގެ ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ރޭ ސޮލައިޓް ރެސްޓޯރެންޓުގައި ބާއްވައިފި އެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ޓީމުގައި ހިމެނުނު ކުޅުންތެރިންނަށް ވަނީ ޖާޒީ ހަވާލުކޮށްފަ އެވެ. ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތަށް ޓީމުގެ ކުޅުންތެރިންނާއި ޔުނައިޓެޑް ވީގެ މެނޭޖްމަންޓް އަދި ސްޕޮންސަރުން ހާޒިރުވި އެވެ.

އޭދަފުށީ ފުޓްސަލް ޓީމުގެ ކެޕްޓަން ކަމަށް ހަމަޖެއްސީ ގޯލްކީޕަރު އަބްދުﷲ ނާސިހު އެވެ. ނާސިހު އަކީ ފުޓްސަލް ގައުމީ ޓީމުގައި ވެސް ހިމެނޭ ގޯލްކީޕަރެކެވެ. ފުޓްސަލް ޓީމުގެ މެއިން ސްޕޮންސަރަކީ އޮބިއޮން އެވެ.

މިއަހަރު އޭދަފުށީ ޓީމުގެ ޖާޒީ ތައްޔާރުކުރީ އޮބިއޮން އިންނެވެ. އިތުރު ސްޕޮންސަރުންނަކީ އެއިޓީ ފޯ، އަވަސް ރައިޑް، ގްރަފިކާ އަދި ސޯސަން ސްޓޯރެވެ. ޔުނައިޓެޑް ވީ އިން ފުޓްސަލް ޓީމު މުބާރާތަށް ތައްޔާރުކުރަނީ އޭދަފުށީ ކައުންސިލްގެވެސް އެހީތެރިކަމާ އެކު އެވެ. މުބާރާތުގައި އޭދަފުށި ކުޅޭ ފުރަތަމަ މެޗުގައި އަތޮޅު ބުރުގައި މިރޭ ނުކުންނާނީ ކެންދޫއާ ދެކޮޅަށެވެ.

އޭދަފުއްޓާއި ކެންދޫގެ އިތުރުން އަތޮޅު ބުރުގައި ވާދަކުރަނީ ތުޅާދޫ އެވެ. އަތޮޅު ބުރުގެ ދެ ވަނަ މެޗުގައި ތުޅާދޫއާ ދެކޮޅަށް އޭދަފުށި ނުކުންނަނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. ޗެމްޕިއަން ޓީމު ކޮލިފައިވާނީ ޒޯން ބުރަށެވެ. ޒޯން ބުރުގައި ހިމެނޭނީ ބ އަތޮޅުގެ އިތުރުން ޅ އަދި ކ އަތޮޅުގެ ރަށްތަކެވެ. އޭދަފުއްޓާއި ކެންދޫ ވާދަކުރާ މެޗު ފަށާނީ މިރޭ 11 ޖަހާއިރު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.