އުރީދޫގެ އަހަރީ އާއްމު ޖަލްސާ މާޗު މަހު ބާއްވަނީ

އުރީދޫގެ އާ ހެޑް އޮފީސް. — އޮޓޯ: އުރީދޫ

ރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ މި އަހަރުގެ މާޗު މަހު ބޭއްވުމަށް ނިންމައިފި އެވެ.

އުރީދޫ އިން ބުނީ މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ އަދި ހިއްސާގެ ފައިދާ (2023 ވަނަ އަހަރު) ލިބިވަޑައިގަންނަވާނީ، 15 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.

އެގޮތުން، އަމިއްލަފުޅަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލަސާގައި ބައިވެރިވެވަޑައިގެން ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެއްވޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

އުރީދޫ މޯލްޑިވްސް އިން 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، 21 ފެބްރުއަރީ 2024 ވާ ބުދަ ދުވަސް ނިމުމުގެ ކުރިން ކުންފުނީގެ ވެބްސައިޓުގައި (http://www.ooredoo.mv/investors/) އާންމުކުރެވޭނެ ކަމަށް ވެސް އެކުންފުނިން ހާމަކުރެ އެވެ.

މި ނޯޓިސްއާއެކު އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީޚާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މަޢުލޫމާތުތައް ވެސް އާންމުކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.