ތުޅާދޫގައި ނަމާދު ވޯކްޝޮޕެއް ބާއްވަނީ

ބ. ތުޅާދޫ މަދަދު ފައުންޑޭޝަނާއި ޕީސް ފައުންޑޭޝަން ގުޅިގެން ތުޅާދޫގައި ނަމާދު ވޯކްޝޮޕެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

މި ނަމާދު ވޯކްޝޮޕްއަކީ މަދަދު ފައުންޑޭޝަން އިން އިސްނަގައިގެން ތުޅާދޫގައި ދިރިއުޅޭ ކުޑަކުދިންނަށް ނަމާދު ކުރުމުގެ މުހިންމުކަމާއި ނަމާދުގެ ކުރުމުގެ ރަނގަޅު ގޮތްތައް ދަސްކޮށްދިނުމުގެ ގޮތުން ބާއްވާ ވޯކްޝޮޕްކެވެ.

އެގޮތުން މިއީ މަދަދު ފައުންޑޭޝަނާއި، ޕީސް ފައުންޑޭޝަންއާ ގުޅިގެން، ހަތް އަހަރާއި 12 އަހަރުގެ ކުޑަކުދިންނަށް ނަމާދު ކުރުމަށް ދަސްކޮށްދިނުމުގެ ގޮތުން ކުރިޔަށް ގެންދާ ފުރަތަމަ ވޯކްޝޮޕެކެވެ.

މަދަދު ފައުންޑޭޝަންގެ ރައީސް އަބްދުالله ސަމީރު ވިދާޅުވި ގޮތުގައި ހިލޭސާބަހަށް ކުރިއަށްގެންދާ ވޯކްޝޮޕްގެ ހުރިހާ ޖާގައެއްވަނީ މިހާރުވަނީ ފުލްވެފައެވެ. އެގޮތުން ޖުމްލަ 60 ބައިވެރިންނާއެކު ފެބްރުވަރީ 15 އިން 16 އަށް ތުޅާދޫގައި ކުރިއަށްދާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

“މި ވޯކްޝޮޕަކީ މަދަދު ފައުންޑޭޝަން ފަރާތުން ތުޅާދޫ ކުޑަކުދިންނަށް ދޭ އަގުހުރި ހަދިޔާއެއް” ސަމީރު ވިދާޅުވި އެވެ.

މި ވޯކްޝޮޕް ހުށަހަޅައިދެއްވާނީ އައްޝައިހް ނިމާލް އަޙްމަދެވެ.

މިފަދަ ކަންކަމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލެއްވުމަށް އުފަލާއެކު ފާހަގަކޮށް މަރުޙަބާ ދަންނަވާ ކަމަށް ސަމީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.