ބީއެމްއެލަށް މިދިޔަ އަހަރު 1.9 ބިލިއަން ރުފިޔާގެ ފައިދާ ލިބިއްޖެ

މިދިޔަ އަހަރު ބީއެމްއެލަށް ފައިދާގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ބީއެމްއެލް އިން ބުނީ ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 1.9 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، އެއީ 2022 ވަނަ އަހަރާ ބަލާއިރު 17 ޕަސެންޓްގެ އިތުރުވުމެއް ކަމަށެވެ. ބީއެމްއެލް ހިންގުމުގެ ފައިދާ 2.64 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު މިއީ 2022 ވަނަ އަހަރާ އަޅާބަލާ އިރު 6 ޕަސެންޓްގެ ކުރި އެރުމެއް ކަމަށްވެސް އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލްއިން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓުގައިވާގޮތުން އަހަރު ނިމުނު އިރު، އެ ބޭންކުގެ އެސެޓަށް ގާތްގަނޑަކަށް 3.5 ބިލިއަން ރުފިޔާވަނީ އިތުރުވެފަ އެވެ. އަދި އަހަރު ނިމުނުއިރު ޖުމްލަ އެސެޓުވަނީ 45.4 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް ބަލާއިރު 1.6 ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ.

ބީއެމްއެލްގެ މާލީ ރިޕޯޓުގައިވާގޮތުން އެވްރެޖްކޮށް ކޮންމެ ދުވަހަކު އެބޭންކުގެ އޭޓީއެމްތައް މެދުވެރިކޮށް 40000 މުއާމަލާތްކޮށްފައިވެ އެވެ. ބީއެމްއެލްގެ ކަސްޓަމަރުންގެ އަދަދު 340000އަށް ވުރެ ގިނަ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 84 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 140 އޭޓީއެމް، 200އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންނާއި އެކު، ބީއެމްއެލްއިން ދަނީ ޒަމާނީ އޮންލައިން ބޭންކިންއެއްގެ ޚިދުމަތްދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.