ކެންދޫ ކަޓައި އަތޮޅު ފައިނަލުގައި ތުޅާދޫ އާއި އޭދަފުށި

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ބ. އަތޮޅު ބުރުގެ ދެ ވަނަ މެޗުގައި ތުޅާދޫ އަތުން 6-2 އިން ކެންދޫ ބަލިވެ، މިއަހަރުގެ އަތޮޅު ފައިނަލުގައި އޭދަފުއްޓާއި ތުޅާދޫ ވާދަކުރަން ޖެހިއްޖެ އެވެ.

އަތޮޅު ބުރުގެ ފުރަތަމަ މެޗުގައި ކެންދޫ ވަނީ އޭދަފުށި އަތުން 0-5 އިން ބަލިވެފަ އެވެ. ރޭ ތުޅާދޫ އަތުން ބަލިވުމުން ކެންދޫ ކެޓީ ޕޮއިންޓެއް ނުލިބި އެވެ.

ބ. އަތޮޅުން މިއަހަރުގެ މުބާރާތުގައި ބައިވެރިވީ ކެންދޫ ތުޅާދޫ އަދި އޭދަފުއްޓެވެ.

ރޭ ތުޅާދޫ ޓީމުގެ ގޯލުތައް ކާމިޔާބުކޮށްދިނީ އިބްރާހީމް ރަފާހް އާއި އަންސަރު އިބްރާހީމްގެ އިތުރުން މުހައްމަދު ތަސްނީމް އެވެ. މެޗުގައި ރަފާހް ވަނީ ހެޓްރިކް ހަދައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. އަންސަރު ވަނީ ދެ ގޯލު ޖަހައިފަ އެވެ.

ކެންދޫގެ ދެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު އިޔާދު އާއި ޝަމަން މޫސާ އެވެ. އަތޮޅު ބުރުގެ ފަހު މެޗުގައި ކުޅޭނީ އޭދަފުއްޓާއި ތުޅާދޫ އެވެ. ދެ ޓީމު ފައިނަލުގެ ޖާގަ ކަށަވަރުކުރުމުން އެ މެޗުގެ މުހިއްމުކަން ވަނީ ކުޑަވެފަ އެވެ. މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ރޭ 9 ޖަހާއިރު އެވެ. އޭދަފުއްޓާއި ތުޅާދޫ ވާދަކުރާ އަތޮޅު ފައިނަލް އޮންނާނީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ 8 ޖަހާއިރު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.