ވަރަށް އަވަހަށް ގެދޮރު އަޅަން ލުއި ލޯނު ދޫކުރަން ފަށާނެ: ރައީސް

ދިޔަމިގިލި ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވާހަކަދައްކަވަނީ — ފޮޓޯ: ރައީސް އޮފީސް

ރައްޔިތުން ބޭނުން ފެންވަރަކަށް ގެދޮރު އިމާރާތް ކުރުމަށް ވަރަށް އަވަހަށް ލުއި ލޯން ދޭން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ތ. ދިޔަމިގިއްޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނު ވައުދުވެ ވަޑައިގަތް ގޮތަށް ލޯނުގެ ކަންކަން ރައްޔިތުންނަށް ހަމަޖައްސައި ދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ގެދޮރުގެ މައްސަލަ، ހައުސިންގ މައްސަލައަށް ޙައްލު ގެނައުމަށްޓަކައި ކެބިނެޓުގައި މިހާރު، މިދިޔަ ދުވަސްކޮޅުވެސް އެކަމާ ގުޅޭ އެކިއެކި މަޝްވަރާތައް ވަނީ ކޮށްފައެވެ.  

އަޅުގަނޑުމެން މެނިފެސްޓޯގައި ހިމަނާފައި އޮތް ލުއި ލޯނުތައް ދިނުން އެއީ، 5 ޕަސެންޓަށްވުރެ ބޮޑުނޫން އިންޓްރެސްޓްގައި ދޫކުރާނެ ވަރަށް އެފޯޑަބަލް ލުއި ލޯނުތައް. އެ ލޯނުތައް ދެވޭނެ ފެންވަރަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި މަސައްކަތް ކުރަނީ،

ރައްޔިތުންނަށް ގެދޮރު އިމާރާތް ކުރުމަށް ތިން ވައްތަރެއްގެ ލޯނެއް ދިނުމަށް ނިންމާފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެއީ ފުރަތަމަ ގެ އެޅުމަށް ދޭ ލޯނާއި އަޅަން ފަށާފަ ހުރި ގެ މަރާމާތު ކުރުމަށް ދޭ ލޯނުގެ އިތުރުން މިހާރު ހަދާފަ ހުރި ގެ މަރާމާތު ކުރުމަށް ދޭ ލޯނެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އިގްތިސޯދީ ގޮތުން ރާއްޖެ ވެއްޓިފައި މިވާ އަދަވަޅު އަރައިގަތުމަށް ބޭރުގެ އެހީ ތެރިކަން ވަރަށް ބޮޑަށް ލިބޭނެކަމަށެވެ. އެގޮތުން އެމަނިކުފާނު ޗައިނާއަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގައިވެސް އެ ގައުމުން ރާއްޖެއަށް ލޯނާއި އެހީ ދޭނެކަމަށް ބުނެފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.