އޭދަފުށީގެ ގޭގޭގައި “ސްމާޓް މީޓަރު” ހަރުކުރަނީ

ބޭނުންކުރާ ކަރަންޓުގެ މިންވަރު ފެންނަން ހުންނަ “ސްމާޓް މީޓަރު” ބ. އޭދަފުށިގެ ގޭގޭގައި ހަރުކުރުމުގެ މަސައްކަތް އަންނަ ހަފްތާ ފަށާނެ ކަމަށް އޭދަފުށީ އިންޖީނުގެއިން ބުނެފި އެވެ.

ފެނަކަ އޭދަފުށީ އިންޖީނުގެއިން ބުނިގޮތުގައި މި މަޝްރުއުގެ ދަށުން ހިލޭ ސްމާޓް މީޓަރު ހަރުކުރެވޭނީ މިދިޔަ އަހަރުގެ މާޗުމަހުގެ 1 ވަނަ ދުވާހާ ހަމައަށް އެ އިންޖީނުގޭގައި ރަޖިސްޓްރީ ކޮށްފައިވާ ކަރަންޓް ޚިދުމަތްދޭ ތަންތަނުގަ އެވެ.

ސްމާޓު މީޓަރުން ރިއަލް ޓައިމްގައި ކޮންމެ ކަސްޓަމަރަކަށް ވެސް މައުލޫމާތު ބަލައިލެވޭނެ އެވެ. އަދި ކަރަންޓު ބޭނުންކުރާ މިންވަރާއި އަމިއްލައަށް ކަނޑައަޅާ ލިމިޓަށް ވުރެ އިތުރުވަންޏާ ވެސް އެނގޭނެ އެވެ.

މީގެ އިތުރުން ވަކި ވަރަކަށް ކަރަންޓް ބޭނުން ކުރުމުން ކަސްޓަމަރަށް އެނގޭނެ ގޮތް ހެދުމުގެ އިތުރުން ކަރަންޓު ހޭދަވާ ވަރު ކޮންމެ ވަގުތެއްގައި ވެސް އެޕްލިކޭޝަނެއް މެދުވެރިކޮށް ބަލައިލުމަކީ ސްމާޓް މީޓަރުން ކުރެވޭނެ ކަންކަމެވެ.

އޭދަފުށީ އިންޖީނުގެއިން ބުނި ގޮތުގައި މިރަށު ގޭގޭ ގައި ސްމާޓް މީޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެ އިންޖީނު ގޭގައި މަސައްކަތް ކުރާ ޓެކްނިކަލް ސްޓާފުން މެދުވެރިކޮށެވެ.

އަދި މި ޕްރޮގްރާމް ކުރިއަށްދާއިރު އާއްމު ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދިނުމަށް އޭދަފުށީ އިންޖީނުގެއިން އެދެވެ.    

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. މުހައްމަދުށަރީފު

    ފުވައްމުލަކުގައިވެސް މަޖުބޫރުކޮއްގެ
    ންތިބުނާ މީޓަރުހަރުކުރިފަހުންކަރަން
    ޓުބިލު ބޮޑުތަނުންވީބޮޑު
    ނަމަނަމައެއްބަސްނުވާތި ތިހަރުކުރަން

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.