ބީއެމްއެލްގެ ނަމުގައި ފޭކް މެސެޖެއް ދައުރުވާތީ ސަމާލުވާން އެދިއްޖެ

ބީއެމްއެލްގެ ނަމުގައި ފޮނުވަމުންދާ ފޭކް މެސެޖު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ނަމުގައި އަނެއްކާވެސް ފޭކް މެސެޖެއް ދައުރުވަމުން ދާތީ ސަމާލުވާން އެ ބޭންކުން އެދިއްޖެ އެވެ.

“ބީއެމްއެލް އެލާޓް” ނަމުގައި ފޮނުވަމުންދާ ފޮނުވަމުންދާ މެސެޖުގައި ބުނެފައި ވަނީ ޓްރާންސެކްޝަނެއްގެ ސަބަބުން އެކައުންޓު ލިމިޓުވެފައިވާ ކަމަށާއި އެކައުންޓު ރީއެކްޓިވޭޓުކުރުމަށް މެސެޖުގައިވާ ލިންކަށް ވަނުމަށެވެ.

އެކަމާ ގުޅިގެން ބީއެމްއެލުން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ އެއްވެސް ލިންކަކަށް ވަނުމަށް އެދި އެ ބޭންކުން މެސެޖް ނުކުރާނެ ކަމަށެވެ. އެ މެސެޖަކީ ބީއެމްއެލްގެ މެސެޖެއް ނޫން ކަމަށާއި އެފަދަ މެސެޖުތަކަށް ސަމާލުވުމަށް ވެސް ބޭންކުން އެދިފައިވެ އެވެ.

ބީއެމްއެލްގެ ނަމުގައި ގުޅައި، މެސެޖުކޮށްގެން މީގެކުރިން ވެސް ފައިސާ ހޯދުމުގެ ސްކޭމްތައް ހިންގާފައިވެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 1،657 ވުރެ ގިނަ ސްކޭމް މައްސަލަ ބީއެމްއެލްއަށް ހުށަހަޅާފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފައިވެ އެވެ. ބީއެމްއެލް އިން ދަނީ މިފަދަ ސްކޭމްތަކާ ގުޅިގެން އާންމުން ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.