ތުޅާދޫ ބަލިކޮށް ގްރޫޕުގެ އެއް ވަނަ އޭދަފުއްޓަށް


ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ރޭ ތުޅާދޫ 1-2 އިން ބަލިކޮށް އަތޮޅު ބުރުގެ އެއް ވަނަ އޭދަފުށި ހޯދައިފި އެވެ.

އޭދަފުއްޓާއި ތުޅާދޫގެ އިތުރުން އަތޮޅު ބުރުގައި ބައިވެރިވީ ކެންދޫ އެވެ.

އޭދަފުށި ވަނީ ފުރަތަމަ މެޗުގައި 0-5 އިން ކެންދޫ ބަލިކޮށްފަ އެވެ. ތުޅާދޫ އާއި ކެންދޫ ވާދަކުރި މެޗު 2-6 އިން ކާމިޔާބުކުރީ ތުޅާދޫ އެވެ.

އޭދަފުއްޓަށް 6 ޕޮއިންޓް ލިބުނުއިރު ތުޅާދޫ އަށް ލިބުނީ 3 ޕޮއިންޓެވެ. ފުލަށްދިޔަ ކެންދޫ އަށް ޕޮއިންޓެއް ނުލިބެ އެވެ.

ފައިނަލުގައި ވާދަކުރާނީ އޭދަފުއްޓާއި ތުޅާދޫ އެވެ.

ރޭގެ މެޗުގައި އޭދަފުށީގެ ދެ ލަނޑު ވެސް ޖެހީ އިޝާން އިބްރާހީމް (ސައްޓު) އެވެ.

ސައްޓު ފުރަތަމަ ގޯލު ފުރަތަމަ ހާފުގައި ޖެހިއިރު ދެ ވަނަ ގޯލު ޖެހީ ދެ ވަނަ ހާފުގެ ފަހު ވަގުތުގަ އެވެ.

ތުޅާދޫގެ ހަމައެކަނި ގޯލު ދެ ވަނަ ހާފުގެ ކުރީކޮޅު ޖެހީ އިބްރާހީމް ރަފާހް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސައްޓު އެވެ.

މުބާރާތުގެ ޒޯން ބުރުން ފުރުސަތު ލިބޭނީ އަތޮޅު ޗެމްޕިއަންކަން ހޯދާ ޓީމަށެވެ.

އޭދަފުއްޓާއި ތުޅާދޫ ވާދަކުރާ ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ 8 ޖަހާއިރު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.