ދިރާސީ އާ އަހަރާ އެކު ހުރިހާ ސްކޫލެއްގައި ގައުމިއްޔަތު މާއްދާ ކިޔަވައިދޭނެ: ރައީސް

މޭ މަހު ފަށާ ދިރާސީ އާ އަހަރުން ފެށިގެން ގައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ވެސް ކިޔަވައިދޭން ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ މާވަށު ސްކޫލްގެ ޕްރިންސިޕަލް، ޒުލައިހާ ރަފީއު ގައިމިއްޔަތު މާއްދާ ލ.އަތޮޅު ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމާއި މެދު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިކަމާ ގުޅިގެން ރައީސް ވިދާޅުވީ ޕައިލެޓްކުރުމުގެ މަރުހަލާތައް ނިމި ދެންފެށޭ ދިރާސީ އައު އަހަރު ގައުމިއްޔަތު މާއްދާ ރޯލް އައުޓް ކުރެވިގެންދާނެ ކަމަށެވެ.

ރައީސް ވަނީ މިހާރު ހިނގަނީ މާއްދާގެ ޕައިލެޓް ޕްރޮޖެކްޓްގެ މަރުހަލާ ކަމަށެވެ. އެގޮތުން 11 ސްކޫލެއްގައި އެޑިއުކޭޝަން މިނިސްޓްރީން ހިޔާރުކޮށްގެން މިމާއްދާ ޕައިލެޓްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ވިދާޅުވި އެވެ.

އަންނަ މެއި މަހު ފަށާ ދިރާސީ އައު އަހަރާ އެކު، ސަރުކާރު ސްކޫލުތަކުގައި ގައުމިއްޔަތު މާއްދާ ކިޔަވައިދޭން ފަށަން ތައްޔާރުވަމުންދާކަމަށް ރައީސް އޮފީހުން ވަނީ މީގެ ކުރިންވެސް ހާމަކޮށްފަ އެވެ.

ގައުމިއްޔަތު މާއްދާ ކިޔަވައިދިނުމަށް ސަރުކާރުން ނިންމާފައިވަނީ، ގައުމިއްޔަތުގެ ރުކުންތަކާ ހަމަތަކަށް އިސްކަންދީ، ގައުމިއްޔަތައް ލޯބިކުރާ، ގައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމުގެ އިތުރުން، ގައުމިއްޔަތު ދިރުވާ އާލާކުރުމުގެ މަގްސަދުގަ އެވެ.

ގައުމިއްޔަތު ވަކި މާއްދާއެއްގޮތުގައި ކިޔަވައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި ރައީސް ވަނީ ގައުމަށް ހަމަޖެހުން ގެނެވޭނީ މީހުންގެ ވިސްނުން ތަރައްގީކޮށް ގައުމިއްޔަތު، މާއްދާއެއް ގޮތަށް މަންހަޖުގައި ހިމެނައިގެންކަމަށް ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.