އޭދަފުއްޓާއި ތުޅާދޫގެ ވާދަވެރި ފައިނަލް މިރޭ

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ބ. އަތޮޅު ފައިނަލްގައި އޭދަފުއްޓާއި ތުޅާދޫ ވާދަކުރާ މެޗު މިރޭ ކުޅޭނެ އެވެ.

އަތޮޅު ބުރުގައި އޭދަފުއްޓާއި ތުޅާދޫގެ އިތުރުން ބައިވެރިވީ ކެންދޫ އެވެ. ކުޅުނު ދެ މެޗުން ބަލިވެ ފައިނަލުގެ ފުރުސަތު ގެއްލުނީ ކެންދޫ އަށެވެ.

އޭދަފުށި ފައިނަލުގެ ޖާގަ ކަށަވަރުކުރީ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ފުރަތަމަ މެޗުގައި ކެންދޫއާ ވާދަކޮށް 0-5 އިން އޭދަފުށި މޮޅުވި އެވެ. އަދި ދެ ވަނަ މެޗުގައި ތުޅާދޫ 1-2 އިން ބަލިކުރި އެވެ.

ތުޅާދޫ ފައިނަލަށް ދަތުރުކުރީ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. އޭދަފުށި އަތުން ބަލިވިޔަސް ތުޅާދޫ އިން ފުރަތަމަ މެޗުގައި 2-6 އިން ކެންދޫ ބަލިކުރި އެވެ.

ތުޅާދޫ ވަނީ މީގެކުރިން އެއް ފަހަރު އަތޮޅު ޗެމްޕިއަންކަން ހޯދާފަ އެވެ.

ގޯލްޑަން ފުޓްސަލްގައި އޭދަފުށި ބައިވެރިވާން ފެށިފަހުން ހުރިހާ އަހަރަކު ވެސް އަތޮޅު ޗެމްޕިއަންކަން ހޯދީ އޭދަފުއްޓެވެ. އެއީ 2018، 2019، 2022 އަދި މިދިޔަ އަހަރު އެވެ. ކޮވިޑާއި ގުޅިގެން 2020 އަދި 2021 ވަނަ އަހަރު މުބާރާތް ބާއްވާފައެއްނުވެ އެވެ.

މިދިޔަ އަހަރު ފައިނަލުގައި އޭދަފުށިން ވަނީ 1-2 އިން ފެހެންދޫ ބަލިކޮށްފަ އެވެ. އޭގެކުރިން ތިން އަހަރު ވެސް އޭދަފުށި އަތޮޅު ޗެމްޕިއަންކަން ހޯދިއިރު އެންމެ ގާތުން ވާދަކުރީ ހިތާދޫ އާއި ތުޅާދޫ އެވެ.

މުބާރާތުގެ ތާރީހުގައި އޭދަފުށި ވަނީ 2018 ވަނަ އަހަރު ސެމީ ފައިނަލް އަދި 2019 ވަނަ އަހަރު ފައިނަލުގައި ކުޅެފަ އެވެ. ސެމީގައި މާލެ މާފަންނު އަތުން ޕެނަލްޓީ ޖަހައިގެން ބަލިވިއިރު ޖެހިގެން އައި އަހަރު ފައިނަލުގައި ބަލިވީ ތިމަރަފުށި އަތުންނެވެ.

ކޮވިޑް ބްރޭކަށް ފަހު ކުޅުނު ދެ މުބާރާތުގައި ވެސް އޭދަފުށި ކެޓީ ކުއާޓާ ފައިނަލުގައި ދ. ކުޑަހުވަދޫ އަތުންނެވެ. އެ ދެމެޗުގައި ވެސް އޭދަފުށީގެ މައްޗަށް ކުޑަހުވަދޫ ކުރި ހޯދީ ޕެނަލްޓީ އިންނެވެ.

އަތޮޅު ފައިނަލުގައި އޭދަފުއްޓާއި ތުޅާދޫ ވާދަކުރާ މެޗު ފަށާނީ މިރޭ 8 ޖަހާއިރު އެވެ. ފައިނަލް މެޗު ކުޅޭނީ ރެހެންދި ފުޓްސަލް ޓާފް އެކެއްގަ އެވެ.  

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.