ސަލީމް ސަރުކާރަށް ތާއީދުކުރަން ނިންމީ ތަރައްގީއަށް ބަލާފައި: ރައީސް

big_vw9swe8gl4ipqzf

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދުކުރެއްވި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރަން ނިންމެވީ، މި ސަރުކާރުން ގެންނަ ތަރައްގީގެ މަޝްރޫއުތަކަށް ބެލުމަށް ފަހު ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން އަންނަނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް ހިންގަމުން ކަމަށާއި އެގޮތުން އޭދަފުށީގައި ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާ ކަމަށެވެ.

“އޭދަފުށި ކަހަލަ ބިންހިއްކާފައި ހުރި ރަށްރަށުގައި ބޮޑުހިލަ ޖައްސައިގެން މަސައްކަތްކުރުމުގެ މަޝްރޫއުތައް ވެސް މިހިރީ ހިމެނިފައި. ސީއެސްއާރްގެ ތެރެއިން ނޫނިއްޔާ އޭގެ ބޭރުން އަންނަ މަޝްރޫއެއްގެ ތެރެއިން ހިމެނިފައި މިހިރީ. އަޅުގަނޑުމެންނަށް ކްރެޑިޓް ފެސިލިޓީއެއްގެ ތެރެއިން. މިކަންކަމަށް ބައްލަވާފައި ބާރަށު ދާއިރާގެ އިއްޒަތްތެރި މެމްބަރު ޝުޖާއު އާއި އަދި އޭދަފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހުމަދު ސަލީމް އަޅުގަނޑުމެންނާ އަނެއްކާ ވެސް މި ގުޅިވަޑައިގަތީ،” ރައީސް ޔާމީން ވިދާޅުވި އެވެ.

ސަލީމާއި ޝުޖާއުގެ ވިސްނުން ބަދަލުކުރެއްވުމަށް ފަހު ފިނޭންސް މިނިސްޓްރީ ކުރިމަތީގައި މިއަދު މެންދުރު ނޫސްވެރިންނާ ބައްދަލުކުރައްވަމުން ސަލީމް ވިދާޅުވީ “އަޅުގަނޑު މިހިރީ ޔާމީނާއެކީ” ކަމަށެވެ.

ސަލީމް ވިދާޅުވީ ރައީސް މައުމޫނަށް ތާއީދުކުރަން ނިންމި ނިންމުން އޭދަފުށީ ރައްޔިތުން ގަބޫލެއް ނުކުރާ ކަމަށެވެ. އަދި ރައްޔިތުންގެ 90 ޕަސެންޓްގެ އެދުމަކީ ހަމަ ރައީސް ޔާމީނާއެކު މަސައްކަތްކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު މިދިޔަ މަހު ފަހުކޮޅު ރައީސް މައުމޫން އަބްދުލްގައްޔޫގެ ފެކްޝަނާ ގުޅިވަޑައިގެން އޭނާ ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ ވާހަކަ ދައްކަވައިފަ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ގައުމީ މަސްލަހަތު އެއްފަރާތްކޮށް މެމްބަރުންނަށް ބިރުދައްކައިގެން ރައީސް ޔާމީން ބޭނުންވާ ގޮތަށް ގާނޫނުތައް ފާސްކޮށްފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.