އެމް-ފައިސާ މެދުވެރިކޮށް ޓްރެވަލް އިންޝުއަރެންސް ނެގޭ ގޮތް ހަދައިފި

އުރީދޫގެ ޑިޖިޓަލް ވޮލެޓް އެމް-ފައިސާއިން އަމާނާތަކަފުލްއާ އެކު ޕާޓްނާޝިޕެއް ހަދައި އެމް-ފައިސާ މެދުވެރިކޮށް ޓްރެވަލް އިންޝޫރެންސްއެއް ލޯންޗްކޮށްފިއެވެ.

މި ހިދުމަތަށް އެމް-ފައިސާ އެޕުން އެޕްލައިކުރުމުން މިނެޓެއް ތެރޭގައި ހަމަޖެހޭނެއެވެ.

މި ހިދުމަތް ހޯދުމަށް އުރީދޫ އެޕްގެ، އެމް-ފައިސާ ބައި ހިޔާރުކޮށް، އެ ތަނުގައި އިންޝުއަރެންސް ނެގުމަށް އޮތް އޮޕްޝަން ނަގައި، ދަތުރުވެރިންގެ އިންފޮމޭޝަން ފުރިހަމަކުރުމަށް ފަހު ބޭނުން ޕޮލިސީއެއް ހިޔާރުކޮށް ޕޭމަންޓް ފުރިހަމަކުރުމުން ވަގުތުން އިންޝުއަރެންސް ހަމަޖެހޭނެއެވެ. އަދި، އެކަކަށް ވުރެ ގިނަ ދަތުރުވެރިންނަށް އިންޝުއަރެންސް ބޭނުންވާ ނަމަ، އެ އޮޕްޝަން އިހުތިޔާރު ކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.

މި ޚިދުމަތް އިފުތިތާހުކުރަން މިއަދު އުރީދޫގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ، މި ފަދަ ހިދުމަތެއް އެމް-ފައިސާއަށް ތައާރަފުވުމަކީ އެ ކުންފުނިން ދޭ ހިދުމަތްތައް އިތުރަށް ފުރިހަމަވާނެ ކަމެއް ކަމަށެވެ.

އަދި، އިތުރު އިންޝުއަރެންސްތައް ވެސް ތައާރަފުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމާނާތަކަފުލްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ރިޔާޒް ވިދާޅުވީ މި ހިދުމަތަކީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ހޯދޭނެ ހިދުމަތެއްކަމަަށެވެ. އޭނާ ވިދާޅުވީ މި ހިދުމަތް ފެށުމަށްޓަކައި 2020 ވަނަ އަހަރުން ފެށިގެން އުރީދޫއާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން 2021 ވަނަ އަހަރު ވެސް އުރީދޫގެ އެމްފައިސާއިން މޮޓޯ އިންޝުރެންސްގެ ހިދުމަތް ލިބޭގޮތް ވެސް ހަދާފައިވާނެ ކަމަށް އޭނާ ވަނީ ވިދާޅުވިއެވެ.

“އުންމީދުރަނީ މިކަހަލަ އެތައް ހިދުމަތްތަކެއް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ލޯންޗްކުރެވިގެންދިޔުން،” ރިޔާޒް ވިދާޅުވިއެވެ.

ޓްރެވަލް އިންޝުއަރެންސް އަކީ ދަތުރުކުރާއިރު، ކުރިމަތިވެދާނެ ހާދިސާއެއްގެ ސަބަބުން ހިނގައިދާނެ ހަރަދު ކަވަރުކޮށް އެހީވެދިނުމުގެ ގޮތުން ތައާރަފުކުރި އިންޝުއަރެންސް ޕްލޭނެކެވެ. މި ޕްލޭންގައި، ދަތުރުކުރާއިރު އެކްސިޑެންޓެއް ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ ހަރަދުގެ ބޮޑު ބައެއް ކަވަރުކޮށްދޭނެއެވެ.

މިއީ ރާއްޖޭގައި ޓްރެވަލް ޑިޖިޓަލް އިންޝުރެންސްއެއް ވިއްކާ ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.