އޭޝިއަން ރީޖަނަލް ބެޑްމިންޓަން މުބާރާތަށް ހައްޔާން

މުޙައްމަދު ޙައްޔާން ބިން ޢަބްދުލްޙަންނާނު

ސައުތު އޭޝިއަން ރީޖަނަލް ޖޫނިއާ ބެޑްމިންޓަން ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންގެ ތެރޭގައި ބ. އޭދަފުށި، އުތުރުގޭ މުހައްމަދު ހައްޔާން ބިން އަބްދުލްހަންނާނު ހިމެނިއްޖެ އެވެ.

މި މުބާރާތް ކުރިއަށްދާނީ ފެބްރުއަރީ 23 އިން ފެށިގެން މާޗު 7 ވަނަ ދުވަހުގެ ނިޔަލަށް ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގަ އެވެ. މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލްކުރާ 15 އަހަރާއި 17 އަހަރުން ދަށުގެ ޓީމުގައި ހިމެނެނީ އަތޮޅު ތެރެއާއި މާލެ ސަރަހައްދުގެ ބައެއް ސްކޫލުތަކުގެ އެތުލީޓުންނެވެ.  

ހައްޔާނުގެ އިތުރުން ދެން ހިމެނެނީ، މޭނާ ސްކޫލުގެ މައީސް މުހައްދާއި މަދަރުސަތުލް އިފްތިތާހުގެ އާމިނަތު އައިނީ އަޝްރަފް އާއި ހިތަދޫ ނޫރާނީ ސްކޫލުގެ މީފާ ބިންތު މޫސާ އާއި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ޔަލްވީ ހުސައިން ޒުހުރީ އާއި އިޔާން އަހްމަދު މަމްދޫހު އަދި އިސްކަންދަރު ސްކޫލުގެ އާމިނަތު ފަރުހާ ފަރޫޒާން އެވެ.

މިއީ އޭދަފުށީ ބެޓްމިންޓަން އެކަޑަމީގެ އެތުލީޓަކު ބައިނަލް އަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރުމަށް ބޭރުގެ ގައުމެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ބައިނަލް އަގުވާމީ ބެޑްމިންޓަން މުބާރާތެއްގައި އޭދަފުށީގެ އެތުލީޓަކަށް ފުރުސަތު ލިބުމުން ރިވައިވަލް އޭދަފުށީ ބެޑްމިންޓަން އެކަޑަމީން މިކަން ފާހަގަކުރަނީ ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައެވެ.

މި މުބާރާތުގެ ކުރިން މި އެތުލީޓުންނަށް، ޕާކިސްތާނުގައި ބެޑްމިންޓަން ޓްރޭނިން ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.