ޒޯން ބުރުގައި އޭދަފުށި މިރޭ ކާށިދޫއާ ދެކޮޅަށް

ޒޯން ބުރުގައި އޭދަފުށި މިރޭ ކާށިދޫއާ ދެކޮޅަށް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ޒޯން ތިނެއްގައި އޭދަފުށި މިރޭ ކާށިދޫއާ ދެކޮޅަށް ނުކުންނާނެ އެވެ.

ޒޯން ތިނެއްގައި ހިމެނެނީ ބ. ޅ އަދި ކ އަތޮޅުގެ ރަށްތަކެވެ.

އޭދަފުށި ޒޯން ބުރަށް ކޮލިފައިވީ ތުޅާދޫ 2-5 އިން ބަލިކޮށް އަތޮޅު ޗެމްޕިއަންކަން ހޯދައިގެންނެވެ. ޅ. އަތޮޅުން ޒޯން ބުރުގައި ވާދަކުރާނީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ހިންނަވަރު ބަލިކުރި ކުރެންދޫ އެވެ. ބ އަދި ޅ އަތޮޅުން އެއް ޓީމު ޒޯން އަށް ކޮލިފައިވީ ބައިވެރިވި ޓީމުތަކުގެ އަދަދަށް ބަލައި އަތޮޅު ބުރުގައި އެއް ގްރޫޕް އޮތުމުންނެވެ.

ކ. އަތޮޅުން މުބާރާތުގައި ބައިވެރިވި ރަށްތައް ގިނަވެ ދެ ގްރޫޕަށް އަތޮޅު ބުރުގެ މެޗުތައް ވަނީ ކުޅެފަ އެވެ. އެހެންވެ އެ އަތޮޅުން ފައިނަލަށް ދަތުރުކުރި ދެ ޓީމު ވަނީ ޒޯން ބުރަށް ހޮވައިފަ އެވެ. ކާށިދޫއާ އެކު ޒޯން ބުރުން ފުރުސަތު ހޯދީ ގާފަރެވެ.

ފައިނަލުގައި ގާފަރު ވަނީ 1-5 އިން ކާށިދޫ ބަލިކޮށްފަ އެވެ.

އޭދަފުށި ވަނީ އަތޮޅު ބުރުގެ ތިން މެޗުން ވެސް މޮޅުވެފަ އެވެ. ފައިނަލުގެ އިތުރުން ގްރޫޕް ސްޓޭޖުގައި ކެންދޫ އާއި ތުޅާދޫ ބަލިކުރި އެވެ. ކެންދޫ އަތުން 0-5 އިން މޮޅުވިއިރު ގްރޫޕް ސްޓޭޖުގައި ތުޅާދޫ އަތުން މޮޅުވީ 1-2 އިންނެވެ.

މިދިޔަ އަހަރު އޭދަފުށި ވާދަކުރީ ރ. އަދި ނ. އަތޮޅާ އެއް ޒޯނެއްގަ އެވެ. އެކަމަކު މުބާރާތުގެ ޒޯން ތަކަށް ގެނައި ބަދަލާ އެކު އޭދަފުށި ދެން ވާދަކުރާނީ ކ. އަދި ޅ އަތޮޅު ހިމެނޭ ޒޯންގަ އެވެ.

ޒޯން ބުރުން ފައިނަލުގެ ފުރުސަތު ހޯދާ ދެ ޓީމު ގަދަ 16 އަށް ކޮލިފައިވާނެ އެވެ.

އޭދަފުއްޓާއި ކާށިދޫ ވާދަކުރާ މެޗު ފަށާނީ މިރޭ 8 ޖަހާއިރު ރެހެންދި ޓާފް ފުޓްސަލް ދަނޑުގަ އެވެ. ހަމަ އެގަޑީގައި ގާފަރާއި ކުރެންދޫ ވާދަކުރާނެ އެވެ.

ޒޯން ބުރުގެ ދެ ވަނަ މެޗުގައި އަންނަ ހޯމަ ދުވަހުގެ ރޭ އޭދަފުށި ނުކުންނާނީ ކުރެންދޫއާ ދެކޮޅަށެވެ. ޒޯން ގްރޫޕުގެ ފަހު މެޗުގައި ގާފަރާ ދެކޮޅަށް އޭދަފުށި ނުކުންނާނީ އަންނަ ބުދަ ދުވަހު އެވެ.

މިރޭ ކާށިދޫއާ ދެކޮޅަށް ކުޅޭއިރު އޭދަފުށީގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެ ތަރުހީބު ދިނުމަށް ޓީމުން އެދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.