އެއްވެސް ކައުންސިލެއް ބާކީނުކޮށް، ގުޅިގެން މަސައްކަތްކުރާނަން: ރައީސް

ރައީސް މުއިއްޒު އިއްޔެ ހަވީރު ފުވައްމުލަކަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ– ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ކައުންސިލެއް ބާކީނުކޮށް، ހުރިހާ ކައުންސިލަކާވެސް ގުޅިގެން މަސައްކަތްކުރުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުވައްމުލަކު ރައްޔިތުންނާއި ބައްދަލުކުރެއްވައި ރައީސް ވިދާޅުވީ ސިޔާސީ ބަހުސަކީ ކެމްޕެއިންތަކާއި ހަމައިން އަންނަ ކަމެއްކަމަށާއި، ނަމަވެސް ރައްޔިތުން ވޯޓުދީ އިންތިޚާބުކޮށް، ޚިދުމަތް ދޭންޖެހޭ ހިސާބަށް އައުމާއެކު ކޮންމެ ރައްޔިތެއް، ކޮންމެ ރަށެއް ސަރުކާރަށް ހަމަހަމަވާނޭކަމަށެވެ.

“މި ސަރުކާރަށް ތަފާތު އެއްވެސް ރަށެއް، ކައުންސިލެއް ނޯންނާނެ، ކޮންމެ ކައުންސިލަކަށްވެސް ސަރުކާރާއެކު ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު ފުރިހަމައަށް އޮންނާނެ،” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކައުންސިލްތައް ބާކީކޮށް މަސައްކަތްތައް ކުރުމުގެ ސަބަބުން ދިމާވާ ދަތިތައް އެމަނިކުފާނު ވަރަށް ގާތުން ވަނީ ތަޖުރިބާކުރައްވާފައި އެވެ. އެހެންވެ، އެކަންކަން މި ސަރުކާރުގައި ތަކުރާރުވިޔަ ނުދޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

ރައީސް ވިދާޅުވީ ކައުންސިލުތަކާއި އިދާރީ ދާއިރާތައް ހިންގުމަށް ވަކި ޚާއްސަ މިނިސްޓްރީއެއް މި ސަރުކާރުން އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ކައުންސިލްތަކާއި ގާތުން މަސައްކަތްކުރެއްވުމެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދިނުމަށް ސަރުކާރާއި ޚިޔާލު ތަފާތު ކައުންސިލްތަކުންވެސް ސަރުކާރަށް އެއްބާރުލުންދީ، ގުޅިގެން މަސައްކަތްތައް ކުރިއަށްގެންދެވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.