އަތޮޅު ކައުންސިލް ބަށި މުބާރާތް މާދަމާ ހަވީރު

މިދިޔަ އަހަރުގެ ބަށި މުބާރާތުގައި ކުޅެނީ-- އީޓީ ފައިލް ފޮޓޯ
މިދިޔަ އަހަރުގެ ބަށި މުބާރާތުގައި ކުޅެނީ– އީޓީ ފައިލް ފޮޓޯ

ބ. އަތޮޅު ކައުންސިލްގެ ބަށި މުބާރާތް މިއަދު ހަވީރު ފަށަން ތައްޔާރުވެއްޖެއެވެ.

މި މުބާރާތުގައި ބައިވެރިވެފައިވަނީ މިދިޔަ އަހަރުގެ ޗެމްޕިއަން ގޮއިދޫގެ އިތުރުން އޭދަފުށި، މާޅޮސް، ހިތާދޫ އަދި ކިހާދޫންނެވެ.

މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ އެންމެފަހުގެ ޗެމްޕިއަން ގޮއިދޫ އާ ދެކޮޅަށް ނުކުންނާނީ ކިހާދޫ ބަށި ޓީމެވެ. މާދަމާ ހަވީރު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ މާޅޮހާއި ހިތާދޫ އެވެ. މުބާރާތް އޮންނާނީ އޭދަފުށީ ދެނުކުފަރާތު ހިއްކި ބިމުގަ އެވެ.

މިއަހަރު މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ. އެގޮތުން ސެމީ އަށް ހޮވެނީ އެންމެ ގިނަ ޕޮއިންޓް ހޯދާ 4 ޓީމެކެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ ލިބޭއިރު ރަނަރަޕް ޓީމަށް 15،000 ރުފިޔާ ލިބެއެވެ.
އަތޮޅު ކައުންސިލުން ބުނިގޮތުގައި މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ ތާރީހީ ކުޅިވަރެއް ކަމަށްވާ ބަށި ތަރައްގީކޮށް މުބާރާތްތަކުގައި ވާދަ ނުކުރެވޭ އަންހެން ކަނބަލުންތަކަށް އެ ފުރުސަތު ހޯދައިދިނުމެވެ.

މުބާރާތުގެ ޝެޑިއުލް

  • 11 ނޮވެމްބަރު 2016: ކިހާދޫ – ގޮއިދޫ
  • 11 ނޮވެމްބަރު 2016: މާޅޮސް – ހިތާދޫ
  • 12 ނޮވެމްބަރު 2016: އޭދަފުށި – ކިހާދޫ
  • 12 ނޮވެމްބަރު 2016: ގޮއިދޫ – ހިތާދޫ
  • 13 ނޮވެމްބަރު 2016: މާޅޮސް – އޭދަފުށި
  • 13 ނޮވެމްބަރު 2016: ހިތާދޫ – ކިހާދޫ
  • 14 ނޮވެމްބަރު 2016: ގޮއިދޫ – އޭދަފުށި
  • 14 ނޮވެމްބަރު 2016: ކިހާދޫ – މާޅޮސް
  • 15 ނޮވެމްބަރު 2016: އޭދަފުށި – ހިތާދޫ
  • 15 ނޮވެމްބަރު 2016: މާޅޮސް – ގޮއިދޫ
  • 16 ނޮވެމްބަރ 2016: ސެމީފައިނަލް
  • 16 ނޮވެމްބަރ 2016: ސެމީފައިނަލް
  • 18 ނޮވެމްބަރ 2016: ފައިނަލް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.