ރިވައިވަލްސް އިން ރިސޯޓްތަކުގެ މެދުގައި ބެޑްމިންޓަން މުބާރާތެއް ބާއްވަނީ

ރާއްޖޭގައި އެންމެ ޕްރޮފެޝަނަލްކޮށް، ބެޑްމިންޓަންގެ ކަންކަން ކުރިއަށްގެންދާ ރިވައިވަލްސް ސްޕޯޓްސް އިން ރާއްޖޭގެ ހުރިހާ ރިސޯޓްތަކަށް ހުޅުވާލައިގެން އޭދަފުށީގައި ބެޑްމިންޓަން މުބާރާތެއް ބާއްވަން އިއުލާން ކޮށްފި އެވެ.

“އިންޓަރ ރިސޯޓް ބެޑްމިންޓަން ޗެމްޕިއަންޝިޕް 2024” ގެ ނަމުގައި ބާއްވާ މި މުބާރާތް އޮންނާނީ އޭޕްރިލް 21-24 އަށް އޭދަފުށީ ޔޫތު ސެންޓަރުގަ އެވެ.

މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މިކްސްޑް ޓީމު އިވެންޓްތަކެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ރިޓޯޓްތަކުން، މިމަހުގެ 29ވަނަ ދުވަހުގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް ރިވައިވަލް ސްޕޯޓްސް އިން އެދެއެވެ.

ރިވައިވަލް ސްޕޯޓްސް ކްލަބުން އަންނަނީ އޭދަފުށީގައި ބެޑްމިންޓަން އެކަޑަމީއެއް ގާއިމުކޮށް ބެޑްމިންޓަން އިތުރަށް ފުޅާކުރުމަށް ދުރުރާސްތާ ޕްލޭނަކާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މިދިޔަ މަހު ރިވައިވަލް ސްޕޯޓްސް ކްލަބުން އޭދަފުށީގައި ވަނީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން ފޯރިގަދަ ބެޑްމިންޓަން ޖޫނިއާ މުބާރާތެއް ބާއްވައިފަ އެވެ. އެ މުބާރާތުން އޭދަފުށިން ރިވައިވަލް އަށް ފެނުނީ ރާއްޖޭގެ ބެޑްމިންޓަންގެ މުސްތަގުބަލަށް އޮތް ފުރުސަތުތަކެވެ.

ބެޑްމިންޓަންގެ ކާމިޔާބު ޖީލެއް ބިނާކުރުމަށް އޭދަފުށީގައި ރިވައިވަލް ސްޕޯޓްސް ކްލަބުން މި ފެށި މަސައްކަތަކީ، ބެޑްމިންޓަނުން ކުރިއަށްދާން މިރަށުގައި ތިބި ކުޅުންތެރިންނާއި ކައިރި ރަށްތަކުގައި ތިބި ކުދިންނަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.