ބީއެމްއެލްގެ ހިދުމަތް ރޯދަ މަހު ފަހު ދިހައެއްގައި ލިބޭނެ

ރަމަޟާން މަހުގެ ފަހު ދިހައެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބެންކުތަކުން ޚިދުމަތްދޭނެ ކަމަށް އެ ބެންކުން މިއަދު ބުނެފިއެވެ.

ރަމަޟާން މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުކުރުމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ބީއެމްއެލްއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެ ދުވަސްތަކުގައިވެސް އެ ބޭންކުން ޚިދުމަތްދެނޭ ކަމަށެވެ.

އެގޮތުން ފަހު ދިހައެއްގެ ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށް ބެންކުންތަކުން ޚިދުމަތްދޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ، ރަމަޟާން މަހުގެ އެހެން ދުވަސްތަކާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު އެ ބެންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހެނދުނު 9:30އިން މެންދުރު 12:00އަށް ހުޅުވާފައި ހުންނާނެ ކަމަށެވެ.

މީގެއިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބީއެމްއެލްއިން ގާއިމުކޮށްފައިވާ ސެލްފް ސާވިސް ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ނެގުމާއި ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް އެ ބެންކުން ވަނީ ބުނެފައެވެ.

ބީއެމްއެލްއިން ވަނީ ރަމަޟާން މަހު އިންޓަނެޓް ބޭންކިންނާއި ބީއެމްއެލް އެޕް މެދުވެރިކޮށް ޚިދުމަތް ހޯދުމަށް އެދިފައެެވެ. އަދި ކޭޝް އެޖެންޓުން މެދުވެރިކޮށްވެސް ޚިދުމަތް ހޯދޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.