ފައިގަތަޅާ ފޯރި: ޗެމްޕިއަނުންނަކީ ބީއޭއީސީ އާއި ބީއެމްއެލް

ބ. އަތޮޅު ޕޮލިސް ރިކްރިއޭޝަން ކްލަބުން “އިންޓަރ އޮފީސް ފައިގަތަޅާ ފޯރި”ގެ ނަމުގައި ބޭއްވި، ފައިގަތަޅާ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ބ. އަތޮޅު ތައުލީމީ މަރުކަޒު (ބީއޭއީީސީ)ގެ ޓީމު ހޯދައިފި އެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ބީއެމްއެލް ކޮމްބައިން ޓީމެވެ.  

ފިރިހެން ބައިގެ ފައިނަލުގައި ބީއޭއީސީ އާ ދެކޮޅަށް ނުކުތީ ރަށު ކައުންސިލުގެ ކޮމްބައިން ޓީމެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒު ޗެމްޕިއަންކަން ހޯދީ 41-28 ގެ ބޮޑު ތަފާތަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.

އަންހެން ބައިގެ ޗެމްޕިއަންކަން ބީއެމްއެލް ކޮމްބައިން ޓީމު ހޯދީ ރަށު ކައުންސިލް ޓީމުގެ މައްޗަށް 49-48 އިން ކުރި ހޯދައިގެންނެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބީއޭއީސީގެ އިބްރާހިމް ޝަހީދެވެ. އިބްރާހިމް ޝަހީދާ އެކު މުބާރާތުގެ ފިރިހެން ބައިގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އެ ޓީމުގެ ހުސައިން މުހައްމަދާއި ތޯރިގު އަބްދުއްރަހްމާންގެ އިތުރުން ޕޮލިސް ޓީމުގެ އަލީ ރާޝިދާއި ކައުންސިލު ކޮމްބައިން ޓީމުގެ ތޯއިފް އަބްދުއްރަހްމާނެވެ.

އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސްކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބީއެމްއެލް ކޮމްބައިން ޓީމުގެ ލިއުޝާ އާއި، ރިޝްފާ އާއި ކައުންސިލު ޓީމުގެ ޝަމްހާ އާއި މަޖުދާގެ އިތުރުން ބީއޭއީސީގެ ޖުނައިނާ އެވެ.

ސަރުކާރު އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން އޭދަފުށީގައި ފުރަތަމަ ފަހަރަށް ބޭއްވި މި މުބާރާތުގައި އަންހެން 7 އަދި ފިރިހެން 7 ޓީމު ވާދަކުރި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.