ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު: އޭދަފުށީ ދާއިރާގެ ބަހުސް މިރޭ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އޭދަފުށީ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓުން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހާއްސަކޮށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމުން) އިން އިންތިޒާމުކުރާ “މަޖިލިސް 2024″ ގެ އޭދަފުށީ ދާއިރާގެ ބަހުސް މިރޭ އޮންނާނެ އެވެ.

އޭދަފުށީ ދާއިރާގެ ބަހުސް ޝެޑިއުލުކޮށްފައިވަނީ މިރޭ 8:30 އަށެވެ. އޭދަފުށީ ދާއިރާގެ އިތުރުން މިއަދު ހަވީރު ތުޅާދޫ ދާއިރާ އަދި މިރޭ 10:30 ގައި ކެންދޫ ދާއިރާގެ ބަހުސް ވެސް އޮންނާނެވެ.

މި ބަހުސް ޔެސް ޓީވީ (މީޑިއާނެޓު ޗެނަލް 885) އިން ވަގުތުން ދައްކާނެ އެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ މިބަހުސް އޮންނަނީ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައެވެ. މި ބަހުސް ކުރިއަށް ގެންދަނީ ކޮންމެ ދާއިރާއެއް ވަކިންނެވެ.

 އެގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 93 ދާއިރާގެ ބަހުސް ވަކިން ބާއްވާނެއެވެ. އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ޕީއެސްއެމުންވަނީ މިބަހުސަށް ދައުވަތު އަރުވާފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އޭދަފުށި ދާއިރާއަށް މިފަހަރު ފަސް ކެންޑިޑޭޓުން ވާދަކުރެ އެވެ.

އޭދަފުށީ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުން (ކެންޑިޑޭޓް ނަންބަރު ތަރުތީބުން)

  1. އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) ހ. ފަށަން (ކޮންގްރެސް ޕާޓީ)
  2. ޢަބްދުﷲ ވިސާމު، މެޓްރޯވިލާ،. ބ. އޭދަފުށި (އަމިއްލަ ގޮތުން)
  3. ޢަބްދުލްޙަމީދު މުޙައްމަދު (ހަމީދު) ދަފްތަރު. ނަންބަރު ރސ 14027/ ކ. މާލެ (އެމްޑީޕީ)
  4. މުޙައްމަދު ނާޞިރު، ގ. އަޒާން / މާލެ (ޖުމްހޫރީ ޕާޓީ)
  5. ޔާސިރު ހުސައިން، (ޔާބެ) ފަހިވައި، ބ. އޭދަފުށި (އަމިއްލަ ގޮތުން)

ޕީއެސްއެމުން ބުނިގޮތުގައި މިފަހަ ބަހުސެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ރައްޔިތުންނަށް ތަޢާރަފްވުމުގެ ފުރުޞަތު ދެއްވުމާއި، ކެންޑިޑޭޓުން ގެންގުޅުއްވާ ސިޔާސަތުތައް ރައްޔިތުންނަށް ހާމަކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.