އޭދަފުށީގައި ރޯދަ ހަދިޔާ އަކަށް ކޮންމެ ގެއަކަށް 30 ކާށި

މާއްޑޫން ހޮވަިއގެން ގެނައި ކާށިތަކެއް މީހަކު ބަރޕލެއްގައި އުފުލަނީ– ފޮޓޯ/ މުހައްމަދު ޝާބިން – އަވަސް

ބ. އޭދަފުށިގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް، ރޯދަ ހަދިޔާގެ ގޮތުގައި މިއަހަރު ވެސް 30 ކާށި ދިނުމަށް މި ރަށު ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލުގެ ނައިބު ރައީސް އަލީ ޝަފީގު ވިދާޅުވީ، އަންނަ މަހު ފަށާ މިއަހަރުގެ ރޯދަމަހަށް  މިފަހަރު ރޯދަ ހަދިޔާގެ ގޮތުގަިއ 30 ކާށި ދިނުމަށް ނިންމާފައިވަނީ އޭދަފުށީގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ކަމަށެވެ. މިރަށުގައި 500 އަށްވުރެ ގިނަ ގޭގައި މީހުން ދިރިއުޅެ އެވެ.

މިދިޔަ ރޯދަމަހު ރޯދަ ހަދިޔާގެ ގޮތުގައި 30 ކާށި ދިނީ ހަމައެކަނި ކުނި އުކުމުގެ ރަޖިސްޓްރީ އޮތް ގެތަކަށް އެކަންޏެވެ.

ކައުންސިލުން، މީގެ ދުވަސްކޮޅެއް ކުރިން ރޯދަ ހަދިޔާގެ ގޮތުގައި ކާށި ދުކުރަން ވަނީ ފަށައިފަ އެވެ. އެގޮތުން ރަށުގެ ގިނަ ގެތަކަށް މިހާރުވަނީ ކާށި ދޫކޮށްފަ އެވެ.

ކައުންސިލުން ކަނޑައަޅާފައި ވަނީ ރޯދަމަސް ފެށުމުގެ ކުރިން ހުރިހާ ގެއަކަށް ކާށި ބަހައި ނިންމުމަށެވެ.

އޭދަފުށީ ކައުންސިލުން ރައްޔިތުންނަށް ދިނުމަށް ކާށި ހޯދަނީ އޭދަފުއްޓާއި ޖެހިގެން ދެކުނުން އޮންނަ މާއްޑޫންނެވެ.

މިއަހަރުގެ ރޯދައަށް ޚާއްސަކޮށް ރަށު ކައުންސިލުން ރޯދަ ހަދިޔާގެ ގޮތުގައި ކާށި ދިން ނަމަވެސް އާއްމު މަސްމަހުގައި ވެސް އޭދަފުށީ ރައްޔިތުންނަށް ބޭނުންވާ ވަރަށް މާއްޑުން ކާށި ހޮވައިގެން ގެނެސް ހެޔޮ އަގެއްގައި ވިއްކަމުން ގެންދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.