
މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫގެ ރަނުގެ ފުރުސަތުގެ ތިން ހަފްތާގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި އެވެ.
ގޯލްޑަން ފުޓްސަލް މެޗުތައް ކުރިއަށް ގެންދާ ދުވަސްދުވަހު ރެހެންދި ޓާރފު، ހުޅުމާލޭގައި ބެހެއްޓިފައިހުރި އުރީދޫ ޓެންޓުން އުރީދޫގެ ސާރވިސް އެއް ނަންގަވައިގެން ކޮންމެ ހަފްތާއަކު އަގުހުރި އިނާމެއް ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ.
މިގޮތުން ފުރަތަމަ 3 ހަފްތާގެ ނަސީބުވެރިންނަށް ވަނީ އިނާމު ހަވާލުކޮށްފަ އެވެ.
ފުރަތަމަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވުނު އަހްމަދު ސާއިން އިސްމާއިލް ޝިޔާމަށް ލިބިވަޑައިގަތީ 203 ލީޓަރުގެ ރެފްރިޖެރޭޓަރއެކެވެ. ދެވަނަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވުނު އައިމިނަތު ރަޝީދާއަށް އަވަނެއް ލިބުނެވެ.
އަދި ތިން ވަނަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވުނު އަބްދުﷲ ނާސިރަށް ސޯފާއެއް ލިބުނެވެ.

އުރީދޫ މޯލްޑިވްސްގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ނުވަތަ ސުޕަރނެޓް ޙިދުމަތް އަދި 5ޖީ ޑިވައިސްއެއް ނެގި ކަމުގައިވިޔަސް މި ލަކީ ޑްރޯ ގައި ބައިވެރިވެވޭނެއެވެ. އަގުހުރި އެތައް އިނާމެއް ހިމެނިފައިވާއިރު، މީގެ ތެރޭގައި ޓީވީ، ފްރިޖް، ސޯފާ، އަވަން ފަދަ ބޭނުންތެރި އިނާމުތައް ވަނީ ހިމެނިފައެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މާރިޗު މަހު ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާއި ހަމައަށެވެ.
ރެހެންދި ޓާފުގައި ބެހެއްޓިފައިވާ އުރީދޫ ޓެންޓުގައި އުރީދޫ ޓީމުން ކަސްޓްމަރުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވަމުންދާނެ އެވެ.
ގޯލްޑަން ފުޓްސަލް ޗެލަންޖަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ހިންގާ މި މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރަކީ އުރީދޫއެވެ. މުބާރާތުގެ މެޗުތައް ކުރިއަށް ގެންދަނީ ހުޅުމާލެ، ރެހެންދި ޓާފް ދަނޑުގަ އެވެ.