އުރީދޫ މޯލްޑިވްސްގެ ޕްރިމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ގުޅިގެން ބޭއްވި ހާއްސަ ލަކީޑްރޯއިން ޕެރިހުގައި ޕީއެސްޖީ މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ލިބޭ ނަސީބުވެރިޔާ ހޮވައިފި އެވެ.
އުރީދޫން މި ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ މިދިޔަ އޮކްޓޯބަރު 18 އިން ޑިސެމްބަރު 31ގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި މޮބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށާއި އުރީދޫ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ލަކީ ޑްރޯއެކެވެ.
މިލަކީ ޑްރޯގެ ނަސީބުވެރިފަރާތަކަށް ހޮވުނީ އުރީދޫގެ ސުޕަރނެޓު ކަސްޓަމަރު އަރުޝަދު އަބްދުލް ހަކީމެވެ.
ނަސީބުވެރިޔާ ހޮވިފައިވަނީ 1 މާރިޗު 2024 ގައި ހޭޔަންބޯ ޕްރޮގްރާމުގައެވެ. ޕެރިހައް ދާ ދަތުރުގެ ނަސީބުވެރި ފަރާތަށް ޕެރިހަށް ދިއުމުގެ ދެކޮޅު ޓިކެޓާއި، 2 ރެއާއި 3 ދުވަހަށް ފުލް ބޯޑާއި އެކު އެކޮމޮޑޭޝަން ގެ އިތުރުން ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމް ގެ އުރީދޫ ވީއައިޕީ ލައުންޖުން 21 އޭޕްރީލް 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެސްޖީ އާއި ލިޔޯން މެޗް ބެލުމުގެ ފުރުސަތު ލިބޭނެއެވެ.
ޕެރިހުގައި ޕީއެސްޖީ އާއި ލިޔޯން މެޗް ލައިވްކޮށް ބަލާލުމުގެ ނަސީބުވެރިޔަކަށް ވުމުގެ ފުރުސަތު ކުރިއަށް ގެންދިޔައީ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށްވެސް ހުޅުވާލައިގެންނެވެ. ސުޕަރނެޓް، ފަސޭހަ ބްރޯޑްބޭންޑް، 5ޖީ އެއަފައިބަރ އަދި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ޕްލޭން ލަކީޑްރޯ ހުޅުވާލެވިފައިވާ މުއްދަތުގެ ތެރޭގައި އަޕްގްރޭޑް ކުރެއްވި ފަރާތްތަކަށް މި ލަކީ ޑްރޯގެ އޮޓޮމެޓިކުން ބައިވެރި ކުރެވުނެވެ.
މި ޕްރޮމޯޝަން ކުރިއަށް ދިޔަ މުއްދަތުގައި އުރީދޫ މޯލްޑިވްސް އާ އަލަށް ގުޅިވަޑައިގެންނެވި ކޮންމެ ކަސްޓަމަރަކަށްވެސް ލަކީ ޑްރޯގައި އޮޓަމެޓިކުން ބައިވެރިވެވޭނެއެވެ.
ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ. މި ޕަރޓްނަރޝިޕް ގެ ދަށުން އުރީދޫ ޕެރިސް ސެއިންޓް ޖާމަން އެކަޑަމީ އާއި ޕެރިސް ސެއިންޓް ޖާމަން ހޭންޑްބޯލް އެކަޑަމީ ފަދަ ހަރަކާތްތަކުގެ ތެރެއިން ގުޅިގެން މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.