ގައުމީ އިނާމު އޭދަފުށީގެ ދެ ބޭފުޅަކަށް

މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދާ ފަރާތްތަކަށް ސަރުކާރުން ދެއްވާ ޚާއްސަ އިނާމު އަބްދުލް މަތީނަށް ރައީސް ހަވާލުކޮށްދެއްވަނީ.—ފޮޓޯ: ރައީސް އޮފީސް
މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދާ ފަރާތްތަކަށް ސަރުކާރުން ދެއްވާ ޚާއްސަ އިނާމު އަބްދުލް މަތީނަށް ރައީސް ހަވާލުކޮށްދެއްވަނީ.—ފޮޓޯ: ރައީސް އޮފީސް

އޭދަފުށީ ދެ ބޭފުޅަކަށް ގައުމީ އިނާމު ލިބިވަޑައިގެންފި އެވެ.

ރޭ ގައުމީ އިނާމު ލިބިވަޑައިގެންނެވި އޭދަފުށީ ދެ ބޭފުޅުންނަކީ އަބްދުލްމަތީން ޢަބްދުއްސައްތާރު އާއި ޢާއިޝަތު ޝަހުދާ އެވެ.

އަބްދުލްމަތީން އަށް ލިބިވަޑައިގެންނެވީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދަވައިގެން ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމެވެ. މިހާރު މީރާ އޭދަފުށީ ބްރާންޗުގެ ޑެޕިއުޓީ މެނޭޖަރެއްގެ މަގާމުގައި މަސައްކަތްކުރައްމުން އަންނަ އަބްދުލްމަތީން ވަނީ މެލޭޝިޔާގެ ލިމްކޮކް ވިންގ ޔުނިވަސިޓީން ބިޒިނަސް އިން އެކައުންޓިންގ އިން ބެޗްލާސް ޑިގްރީ ހާސިލު ކުރެއްވިއިރު އެ ކޯހުން އެއްވަނަ ހޯއްދަވައިފަ އެވެ.

މަތީ ސާނަވީ އިމްތިޙާނުން ބިޒިނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކޮށްގެން ރައީސުލް ޖުމްހޫރިއްޔާ ދެއްވާ މެޑަލް ޝަހުދާ އާ ހަވާލުކޮށްދެއްވަނީ —ފޮޓޯ: ރައީސް އޮފީސް
މަތީ ސާނަވީ އިމްތިޙާނުން ބިޒިނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކޮށްގެން ރައީސުލް ޖުމްހޫރިއްޔާ ދެއްވާ މެޑަލް ޝަހުދާ އާ ހަވާލުކޮށްދެއްވަނީ —ފޮޓޯ: ރައީސް އޮފީސް

ޝަހުދާއަށް ވަނީ މިއަހަރު ބޭއްވި މަތީ ސާނަވީ އިމްތިޙާނުން ބިޒިނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކޮށްގެން ރައީސުލް ޖުމްހޫރިއްޔާ ދެއްވާ މެޑަލް ހާސިލުކުރައްވާފަ އެވެ.

ޝަރަފްވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 26 ބޭފުޅަކަށް ރޭ ސަރުކާރުން ވަނީ ދީފައެވެ.

ދަރުބާރުގޭގައި ބޭއްވި، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި އިނާމުތައް ހަވާލުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.

“އީޓީ” ގެ ފަރާތުން އަބްދުލް މަތީން އަދި އައިޝަތު ޝަހުދާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. ޔޫސުފް

    މި އާޓިކަލް ލިޔުނު ބޭފުޅާގެ މަޢުލޫމާތު ވަރަށް ދަށް. ޤައުމީ އިނާމު ލިބުނީ 2 ބޭފުލުންނަކަށް ނޫން. ތިންވަނަ ބޭފުޅަކަށްވެސް ލިބުނު. އެކަން އެކަން ރަގަޅަށް ސާފުކޮށްލާފަ ލިޔުއްވުން މުހިންމު. ސަބަބަކީ، އޭދަފުށީގެ ނަމުގައި މި އޮންލައިން ނޫސް އޮވެ އޭދަފުށީ މީހުންގެ މަޢުލޫމާތު ރަގަޅަށް ސައްޙަކަމާ އެކީ ލިޔުމަކީ މުހިންމުކަމެއް. އޭރުން ކިޔާމިީހުންނަށް އޮށްޓަރު ހުރި މަޢުލޫމާތު ލިބޭނީ. މިޙާ ހިސާބުން މިދަންނަވާ 3ވަނަ ފަރާތް ދަންނަވާލާނަން. އެއީ ކާނަލް ޢަބްދުލް މަތީން އަޙްމަދު. މިހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް މަރުޙަބާ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.