ރާއްޖޭގެ ހުރިހާ ހިސާބެއްގައި ބޯހިޔާވާހިކަމުގެ މަޝްރޫއުތައް މިއަހަރު ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވ. ފުލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއް މަސައްކަތަށްވާއިރު އެކަމާއި އިދާރީ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ.
އެގޮތުން މާލޭ ސަރަހައްދުން ބޭރުގައި ހިންގަން ނިންމާފައިވާ 40،000 ފްލެޓްގެ މަޝްރޫއުގެ ދަށުން މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތް ފަށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ ތެރޭގައި ފްލެޓާއި ރޯހައުސްގެ އިތުރުން އަމިއްލަ މީހުންނަށް ލިބިފައިވާ ބިމުގައި ގެދޮރު އެޅުމަށް ހިންގާ މަޝްރޫޢުތައް އަދި ގެދޮރު އެޅުމަށް ލޯނު ދޫކުރުމުގެ މަސައްކަތައް ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުންވަނީ އަވަސް ސްޕީޑްގައި މަސައްކަތްތައް ކުރިއަށް ގެންގޮސް، ނަތީޖާ ނެރެދެއްވުމެވެ.